އިސްރާއީލު ސިފައިން ފަލަސްތީނުގެ 11 ފޮތްފިހާރައެއް ހަލާކު ކޮށްލައިފި

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ 11 ފޮތް ފިހާރައަކާއި، ޕްރިންޓް ކުރާ ތަނާއި މީޑިއާ އޮފީސްތަކަކަށް ގެއްލުން ދީ ހަލާކު ކޮށްލައިފިއެވެ.
ފަލަސްތީނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަނުން ބުނީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ތެރޭގައި އިސްރާއީލު ސިފައިން ވަނީ ފަަލަސްތީނުގެ 11 ފޮތް ފިހާރައަކާއި ހަތަރު ޕްރިންޓު ކުރާ ތަނެއްގެ އިތުރުން ހަތަރު މީޑިއާ އޮފީހަކަށް ގެއްލުން ދީފައި ކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ އިސްރާއީލު ސިފައިން ވަނީ ގަދަ ބާރުން ހިޞާރު ކޮށްފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގެ އެތައް ގެދޮރާއި މުދާ ވެސް ހަލާކު ކޮށްލައިފައި ކަމަށެވެ. އެ ގޮތުން ރާމަﷲއާއި ބޭތުލީމްގެ އިތުރުން އިޒާރިޔާގެ ޕްރިންޓު ކުރާ ތިން އޮފީހަކަށް ގެއްލުން ދީފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މީގެ އިތުރުން ރާމަﷲ ގައި ހުރި ނަން މަޝްހޫރު ޕްރިންޓު ކުރާ ތަނެއް ކަމަށްވާ ބިސާން ވެސް އިސްރާއީލުގެ ސިފައިން ވަނީ ގަދަ ބާރުން ބަންދު ކޮށްފައެވެ. އެތަން ބަންދު ކޮށްފައި ހުންނަތާ މިހާރު ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ފަަލަސްތީނުގެ ފޮތް ފިހާރަތަކަށް ގެއްލުން ދީ ބަންދު ކުރުމުގެ އިތުރުން އިސްރާއީލުން ވަނީ އެ އިމާރާތްތަކުގެ ވެރި ފަރާތްތަށް ހައްޔަރު ވެސް ކޮށްފައެވެ.
ފާއިތުވީ ހަ މަސް ދުވަހެއްހާ މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ވަނީ އިސްރާއީލު ސިފައިންގެ އަތުން އަތުލާފައިވާ ބިމުގައި ހުރި ކޮންމެ ގެއަކަށް ގަދަ ބާރުން ވަދެ، އެ ގެތަކުން މީހުން ހައްޔަރު ކޮށްގެން ގެންގޮސްފައެވެ. އިސްރާއީލު ސިފައިން ބުނަނީ ފަލަސްތީނުގެ ގެތައް ރެއިޑް ކުރަނީ ކުށްވެރިން ކަމުގައި ދެކިގެން ކަމަށެވެ.