ރިޕޯޓް

ކަޢުބާގެ އުރަކޮޅާ ގުޅޭ މައުލޫމާތު ކޮޅެއް، ބައު އުރަކޮޅަށް ހަދަނީ ކިހިނެތް؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔެމަތީވާ އެންމެ މާތް ބިމަކީ ކަޢުބަތުﷲ ގެފުޅެވެ. ގެފުޅާއި، ގެފުޅާ ގުޅުން ހުރި ކޮންމެ އެއްޗަކީ ވެސް މުސްލިމުންނަށް ނުހަނު އަގު ހުރި ތަކެއްޗެވެ. އަދި ހުރުމަތްތެރިވެގެންވާ މާތް ތަކެއްޗެވެ. މިގޮތުން ގެފުޅުގެ އުރަކޮޅު ނުވަތަ "ކިސްވާ"އަކީ ވެސް ހުރުމަތްތެރިވެގެންވާ މާތް އެއްޗެކެވެ.

Ads by MWSC

ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމަށް ގެފުޅާއި ހަރަމްފުޅު ތައްޔާރުކުރެއެވެ. އަދި ހާއްސަކޮށް ހައްޖު ދުވަހަށް ގެފުޅުގެ ކިސްވާ ބަދަލުކުރެއެވެ. ކިސްވާ ތައްޔާރުކުރުމަށް ރަނާއި ރިހީގެ ބަރަނި ބޭނުންކުރާއިރު އެކަމަށް ހާއްސަ ޑިޒައިނެއް ވެސް ވެއެވެ.

ކަޅުކަން ގަދަ ފޮއްޗެއްގައި ރަންކުލައާއި ރިހި ކުލައިން ޖަރީކޮށްފައިވާ ކިސްވާ ތައްޔާރުކުރަން ފަށައިފައި ވަނީ 17 ވަނަ ގަރުނުގައެވެ.

ގެފުޅު ކިސްވާ ފަރުމާކުރުމުގެ ބުރަ އަދި ކަވި މަސައްކަތުގައި އެތައް ބައެއް ބައިވެރިވެއެވެ. އަހަރަކު އެއް ފަހަރު ބަދަލު ކުރި ނަމަވެސް މި ކިސްވާއަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުހުރެއެވެ. އެހެންކަމުން ގެފުޅަށް އައު ކިސްވާއެއް އެޅުުވުމަށް ފަހު ބައު ކިސްވާގެ ބޭނުން ކުރާ ގޮތާ މެދު ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އެހާ މާތް ކިސްވާއާ މެދު އަމަލު ކުރަނީ ކިހިނެތްތޯ ބަލައިލުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް ބޭނުން ވާނެއެވެ.

އިސްލާމީ ސަގާފާތާ ގުޅިފައިވާ ކިސްވާއަކީ ކޮންމެ ކޮންމެ މީހަކަށް އެ ފެނުގެ ނަސީބު ނުލިބޭ އެއްޗެކެވެ. ބައު ކިސްވާ ގެފުޅުން ނެގުމަށް ފަހު ދެން ގެންދަނީ ސަރުކާރުން އެކަމަށް ހާއްސަ ކޮށްފައި ހުންނަ ގުދަނަކަށެވެ. އެއަށް ފަހު ކެމިކަލް ފަދަ އެއްޗެހި ބޭނުންކޮށްގެން ކިސްވާ ދޮވެ ޖަރާސީމު ފިލުވައި ނުވަތަ ޑިސްއިންފެކްޓްކޮށް ކަމާ ބެހޭ ފަރާތްތަކުގެ އެންގުމުގެ މަތިން ކިސްވާގެ ބައިބައި، ދާރުލް އާސާރުތަކަށާއި އަދިވެސް އިތުރު މީހުންނަށް ބަހައެވެ. ބައެއް ފަހަރު ހައްޖާޖީން އަދި އުމްރާވާން ދާމީހުންނަށް ވެސް ބަހައެވެ.

މިގޮތުން ބަހާ ފޮތި، ބައެއްފަހަރު ނިޔާވެފައިވާ މީހުންގެ ސަންދޯއް މަތީގައިވެސް އަޅައިފައި ހުންނަކަން ފާހަކުރެވެއެވެ. އަދި ރާއްޖެއަށް ވެސް ކުރީގެ ކިސްވާއަކުން އެތިކޮޅެއް ލިބިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިއެތިކޮޅު އިސްލާމީ މަރުކަޒުގައި ފްރޭމްކޮށްފައި ހުރެއެވެ. އަދި ދާދި ބަންޑާރަ މިސްކިތުގައި ވެސް ކިސްވާގެ ބައެއް ފްރޭމްކޮށްފައި ހުރެއެވެ.

ކިސްވާ ހެދުމަށް ޓަކައި 650 ކިލޯގެ ސިލްކްގައި ކަޅު ކުލަ ޖައްސައި ބޭނުންކުރާއިރު ކިސްވާގައި ލިޔެފައިވާ ގުރުއާނުގެ އާޔަތްތައް ލިޔުމަށް ޓަކައި ރަނާއި ރިހީގެ ރޮދި ބޭނުން ކުރެއެވެ. މުޅި އުރަކޮޅު ހެދިފައި ވަނީ 41 ބަޔަށް ކޮންމެ ބަޔެއްގައި 14 މީޓަރު ދިގުމިން އަދި މުޅި ކިސްވާގެ ބޮޑުމިނުގައި 658 އަކަ މީޓަރ ހަމަވާ ގޮތަށެވެ.

  1. ތިކިސްވާއަކީ އެއްވެސްމާތް އެއްޗެނޫން

    • ާއަަހަރެން

      ސަބަބު؟

    • އލމޗ

      ކަލޭ ތިހުރީ މުތައްދު ވެފަތަ

    • ިބަކަރި

      ތިކަހަލަމީހުންނަށް މާޔްނުވާނެ

  2. މާތްވާނެ، ގަބޫލް ކުރިއަސް ނުކުރިއަސް މާތްވާނެ.