ޚަބަރު އިޖުތިމާޢީ

ހައްޖު 1444: ދިވެހި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ދިވެހި ހައްޖުވެރިން މިނާގައި: ފޮޓޯ ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން އަރަފާތު ބިމަށް ގޮސްފިއެވެ.

Ads by MWSC

ޙައްޖުވެރިން އަރަފާތު ބިމަށް ގޮސްފައިވާއިރު ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މައުލޫމާތު ދެއްވައެވެ. ޙައްޖުވެެރިން އަރަފާތު ބިމުގައި ހައްޖުގެ ހުތުބާ އަޑުއަހައި ހައްޖުގެ އަޅުކަމުގައި މިއަދު ޝާމިލްވާނެއެވެ.

ޙައްޖުވެރިން މިނާގައި ރޭ ކުރުމަށްފަހު އަރަފާތު ބިމަށް ގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ. މިއީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!