ޚަބަރު ސަރުކާރު

ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށައަޅައިފި 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށައަޅައިފިއެވެ.

Ads by STELCO

ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށްކަމަށާއި ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އެހެންނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިއީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.

ކޮވިޑުގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެ ކަން ސައުދީ ސަރުކާރުން މިއަހަރު ވަނީ ހާމަކޮށްފައެވެ.

  1. ނާޅި

    ރާއްޖޭގެ އާބާދީ ކިތަންމެ ބޮޑުވިޔަސް ކުޑަވިޔަސް 1000 އެންހާސް އަބަދު މިލިބެނީ މީކިހިނެއްވާ ކަމެއްތޯ ހަމަ ރަގަޅު ކޯޓާތޯ މިލިބެނީ ؟ ރާއްޖެއަށް ކޯޓާއެއް އޮތަސް ނެތަސް ގިނަވެގެން އަހަރަކު ހައްޖަށްދާންތިބޭނީ ގިނަވެގެން 3 ތިންހާށް 4 ހަތަރުހާސް މީހުން !