ރިޕޯޓް

ޙައްޖުގެ ތާރީޚުން: މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާތައް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޙައްޖަކީ އެންމެ މާތް އަޅުކަމުގެ ތެރެއިން ހިމެނޭ ، الله ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން އަދާ ކުރެވޭ މަތިވެރި އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ޙައްޖުގެ އަޅުކަމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން އެއްތަނަކުން ބައްދަލުވެ އިސްލާމީ އުއްމަތުގެ އުޚުއްވަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު ޖަމާޢަތް ވެސް މެއެވެ.

Ads by Sosun Fihaara

ޙައްޖުވުމަށް އަހަރަކު އެތައް ހާސް މީހުން ސަޢުދީ ޢަރަބިއްޔާގެ މައްކާއަށް ދަތުރުކުރާއިރު ޙައްޖާޖީންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަޢުދީ ސަރުކާރުން އެތައް މަސައްކަތެއް ކުރެއެވެ. އެހެން ނަމަވެސް ތާރީހުގެ ތެރެއަށް ބަލާއިރު މި އަޅުކަމުގެ ތެރެއިން ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ހިނގައިފައެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި ހައްޖާޖީންގެ މެދުގައި ދިމާވާ ގިނަ ހާދިސާތަކެއް ހިނގައިފައިވެއެވެ. އަދި ހަމަނުޖެހުން ހިނގުމާއި އަލިފާނުގެ ހާދިސާތަކާއި އިމާރާތްކުރުމުގެ މައްސަލަތައް މަދުން ނަމަވެސް ވަނީ ހިނގައިފައެވެ. ހަދިޔާ ގަތުމަށާއި، ޒަމްޒަމް ފެން ހޯދަން ހަދާ ކިއުތަކުގެ ތެރެއިން ވެސް ގިނަ މައްސަލަތަކެއް ދިމާވެފައި ހުރިކަން ތާރީހުގެ ތެރެއިން އެނގިގެންދެއެވެ.

މީގެ އިތުރުން 1900ގެ ކުރީގެ އަހަރުތަކުގައި މަތިންދާ ބޯޓުގެ ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ. އެފަދަ ހާދިސާއެއް އެންމެ ފަހުން ހިނގައިފައި ވަނީ 1991 ވަނަ އަހަރުގައެވެ. ދަތުރު ފެށިތާ އިރުކޮޅެއްގެ ތެރޭގައި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 247 ޙައްޖުވެރިން އެ ހާދިސާގައި މަރުވިއެވެ.

1980ވަނަ އަހަރު ވެސް މިފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ. ސައުދީގެ އާ ފުލައިޓެއް ކުއްލި ޙާލަތުގައި ޖެއްސި ނަމަވެސް ބޯޓުގެ ކާގޯ ކޮމްޕާޓުމަންޓުގައި ރޯވެ 287 ފަސިންޖަރުންނާއި 14 ފަޅުވެރިން ވަނީ މަރުވެފައެވެ. ޖެހިޖެހިގެން ދެ އަހަރު މިފަދަ ހާދިސާއެއް ހިނގައިފައި ވަނީ 1978 ވަނަ އަހަރާއި 1979 ވަނަ އަހަރުގައެވެ. މި ދެ އަހަރުގައި ވެސް ހިނގައި ދިޔަ ހާދިސާގައި ޖުމްލަ 331 ހައްޖުވެރިން ވަނީ މަރުވެފައެވެ. މީގެ އިތުރުން 1973 ވަނަ އަހަރާއި 1974 ވަނަ އަހަރުވެސް މަތިންދާ ބޯޓުގެ ހާދިސާތަކުގައި 358 ޙައްޖުވެރިން ވަނީ މަރުވެފައެވެ.

މިފަދަ ހާދިސާތައް މަދު ކުރުމަށް ސައުދީ ސަރުކާރުން ކުރި ގިނަ މަސައްކަތްތަކުގެ ސަބަބުން މިހާރު މިފަދަ ހާދިސާތައް ދިމާވުން ވަރަށް މަދެވެ. ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއެކު މިއަހަރުގެ ހައްޖު ކުރިޔަށްދާ އިރު ހައްޖުވެރިން ވަނީ ތިން ބަޔަކަށް ބަހައިލައިފައެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ، ޖިއްދާއާއި ތާއިފްގެ ވައިގެ ބަނދަރުން ހާއްސަ ބަސްތަކުގައި މައްކާއަށް ދާ މީހުންނެވެ. ދެވަނަ ބަޔަކީ އަމިއްލަ ބަސްތަކުގައި ދުރު ހިސާބުތަކުން ދާ މީހުންނެވެ. އަދި ތިންވަނަ ބަޔަކީ، އަމިއްލަ އުޅަނދުތަކުގައި އެއްގަމު މަގުން ދާ މީހުންނެވެ.

މީގެ އިތުރުން ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ސްމާޓް ރޮބޮޓެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ. މި ސްމާޓް ރޮބޮޓުގެ ޒަރިއްޔާއިން މި ދެ މިސްކިތަށް ޒިޔާރަތްކުރާ ޙައްޖުވެރިންނަށް ރައްކާތެރިކަމާ އެކު ފަސޭހައިން ޒަމްޒަމް ފެން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ސްމާޓް ރޮބޮޓެއް ތައްޔާރުކުރެވިފައިވާއިރު ސައުދީއިން ވަނީ މާތްވެގެންވާ ކައުބަތުﷲ ގެފުޅު ސާފުކޮށް ސްޓެރެލައިޒް ކުރުމަށް 10 ސްމާޓް ރޮބޮޓް ވެސް ތަޢާރަފުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!