އޭޝިއާ ދުނިޔެ

އިރުމަތީ އޭޝިޔާއަށް ބޮޑު ދެ ތޫފާނެއްގެ ބިރު ބޮޑުވެފައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮޑު ދެ ތޫފާނެއްގެ އިންޒާރު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ދީފިއެވެ.

Ads by Sosun Fihaara

ގަދަ ވަޔާއެކު މިއަދު ހެނދުނު ދެކުނު ޗައިނާއަށް އަރައިފައިވާ ބާރުގަދަ ތޫފާން "ޗަންޕާކާ"ގައި ގަޑިއަކު 120 ކިލޯމީޓަރގެ ބާރުމިނުގައި ވައިޖެހެމުންދާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުުރު ތޫފާނެއްކަމުގައިވާ "އިން ފާ" ޖަޕާނުގެ ދެކުނު ހިސާބުތަކަށާއި ޓައިވާނުގެ ސަރަހައްދުތަކަށް ހަފްތާގެ މެދުތެރޭގައި އަރާނެ ކަމަށް މޫސުމާ ބެހޭ މައުލޫމާތު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މި ތޫފާނުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވެ ރާޅު އެރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރިވެ ތިބުމަށާއި އަދި ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ އެދެމުންނެވެ.

މިހާރު ޗައިނާގެ ސަރަހައްދު ތަކަށް އަރައިފައިވާ ޗަންޕާކާގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިިޔުމުގެ ހާދިސާތައް ހިނގައިފާނެކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. މިތޫފާންތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!