އެމެރިކާ ދުނިޔެ

މިސިސިޕީއަށް އަށް ބާރުގަދަ ތޫފާނެއް، މިހާތަނަށް 23 މީހުން މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމެރިކާގެ މިސިސިޕީ ސްޓޭޓަށް ބާރުގަދަ ތޫފާނެއް އަރައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

Ads by Sosun Fihaara

މިސިސިޕީ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (މެމާ) އިން ބުނީ މިސިސިޕީގެ ހުޅަނގުގެ ސިލްވާ ސިޓީއިން ތޫފާނުގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ސާޗް އެންޑް ރެސްކިއު ޓީމުތަކުން ކުރަމުން ދަނިކޮށް ޒަހަމްވެފައިވާ އެތައްބަޔަކު ފެނިފައިވާ ކަމަށާއި ހަތަރު މީހަކު ގެއްލިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު މައްޗައް ދިޔުމަކީ ވަރަށް ގާތްކަމެއް ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

އޮފިޝަލުން  ބުނާގޮތުގައި މިސިސިޕީ ސްޓޭޓްގެ ވެރިރަށް ޖެކްސަންގެ އުތުރުން ގާތްގަނޑަކަށް 110 ކިލޯމީޓަރު (70 މޭލު) ދުރުގައި އޮންނަ ޝާކީ އާއި ހަމްފްރީސް ކައުންޓީތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

"އަޅުގަނޑުމެން ވަނީ މެޑިކަލް ސަޕޯޓް އެކްޓިވޭޓްކޮށްފައި އިތުރު އެމްބިއުލާންސްތަކާއި އެހެނިހެން އިމަޖެންސީ އެސެޓްތައް ހާލުގައި ޖެހުނު މީހުންނަށްޓަކައި ވާނީ އިތުރުކޮށްފައި. ސާޗް އެންޑް ރެސްކިއު ދަނީ ހަރަކާތްތެރިވަމުން،" އެސްޓޭޓުގެ ގަވަރުނަރު ޓޭޓް ރީވްސް ވިދާޅުވިއެވެ.

ބާރުގަދަ ތޫފާނުގެ ސަބަބުން ސިލްވާ ސިޓީ އާއި ރޯލިން ފޯކްގެ ރަށްފުށުގެ އަވަށްތައް ވަނީ ހަލާކުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!