އުރީދޫއިން ކަތިލި އުޟްހިޔާ ހަދިޔާ ކުރީ ފިޔަވަތީގެ ކުދިންނަށް

މި ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި އުރީދޫއިން ކަތިލި އުޟްހިޔާ، ފިޔަވަތީގެ ކުދިންނަށް ހަދިޔާ ކޮށްފިއެވެ.
އުރީދޫއިން އުޟްހިޔާ ކަތިލީ މާލެ ސިޓީ ކައުންސިލާ ގުޅިގެންކަމަށާއި ކަތިލި އުޟްހިޔާ ފިޔަވަތީގެ ކުދީންނަށް ބަހައިފައިވާ ކަމަށް އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އުޟްހިޔާ ކަތިލުމުގައި ހަރަކާތްތެރިވަމުން ގެންދާ މަންޒަރާއި ހަރަކާތްތެރިވި މީހުންގެ ފޮޓޯ އުރީދޫއިން ވަނީ ޓްވީޓާގައި ހިއްސާކޮށްފައެވެ.
އުރީދޫ މޯލްޑިވްސްއިން މި އަހަރު ތެރޭގައި ވަނީ މީގެ ކުރިން ވެސް ޞަދަޤާތް ކޮށްފައެވެ. އެގޮތުން ބަރަކާތްތެރި ރަމަޟާން މަހު ބޭރުގެ ފަރާތްތަކަށް ރޯދަ ހަދިޔާ ބެހުމާއި ފިތުރު ޢީދުގެ މުނާސަބަތުގައި އެ ކުންފުނިން ޢީދު ހަދިޔާ ބެހުން ވެސް ފާހަގަ ކޮށްލެވެއެވެ.