ސަރުކާރުގެ ސަބަބުން އެމްޑީޕީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ: ރައީސް ނަޝީދު

ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އެމްޑީޕީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މެމްބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އެމްޑީޕީގެ މެމަބަރުންގެ ތާއީދު ގެއްލި ޕާޓީ ބަލިކަށިވުމުން ކުރިޔަށް އޮތް އިންތިހާބުތަކުގައި ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށް ދެކޭ ކަމަށެވެ. އަދި ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށް، އިއްތިހާދުގެ ބައިވެރިން ހިތްހަމަޖައްސަން އުޅެފި ނަމަ އެއީ އެ ޕާޓީއަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ، އިބުރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތް ގުޅުން ހީނަރުވެ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ސިޔާސީ ގޮތުން ވަނީ ބައިބައިވެފައެވެ. އަދި ރައީސް ސޯލިހުއާ ސިޔާސީ ގުޅުން ކެނޑިފައިވާކަން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަނެއް ހަދާ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.






ކޮމެންޓް