ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ޚިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ފާޑު ކިޔުއްވައިފިއެވެ.
ވެރިކަން ލިބި ވެރިކަން ދެމެހެއްޓުމަށް މަަސައްކަތް ކުރަންޖެހޭކަމަށް އަސްލަމް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ވައްޑެ ކުރެއްވި ޓްވީޓެއްގައި، ކޯލިޝަން ރުއްސަން އެމްޑީޕީ ބަލިކަށި ކޮށްލުން ބަލައިގަނެވޭތޯ ސުވާލު އުފައްދަވައިފައި ވެއެވެ.
މެއި ހައެއްގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއަށް ފަހު، އެމްޑީޕީ ތެރޭގައި އުފެދިފައިވާ ބައިބައިވުމުގައި ރައީސް ޞާލިހުއާއި، ރައީސް ނަޝީދުގެ މެދުގައި ޚިޔާލު ތަފާތުވުން އެފެދި، އެދެބޭފުޅުންނަށް ތާޢީދު ކުރައްވާ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްމުންނެވެ.
ވައްޑެގެ އެހެން ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ ވަކި ސިޔާސަތު ތަކެއްގެ މައްޗަށް އެކުލެވޭ ކަންކަންތަކެއް ކުރަން ވަޢުދުވެގެން ކަމަށެވެ. އެމްޑީޕީއަކީ ނަމަކަށް ވެރިކަން ކުރާނެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ، ވައްޑެ ވިދާޅުވީ، އެމްޑީޕީއިން ވެރިކަން ކުރަންވާނީ ވީ ވަޢުދުތައް ފުއްދަން ކަމަށެވެ.
"ރައީސް މައުމޫނު ވެސް 30 އަހަރު ވަންދެން ކުރެއްވީ ތިޔަކަންތައް ދެއްތޯ؟ އެކަމު އެމްޑީޕީން އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ، ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވަޢުދުވެގެން، އެކަންކަން ފުއްދައިދިނުމަށް ޓަކައި ވެރިކަން ކުރާން. ނަމަކަށް ވެރިކަމެއް ކޮށްލާކަށް ނޫން." ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ކަލޭތީކާކު އެކަމަކު ބުނަން ހިތަދޫ އުތުރު ދާއިރާ މެންބަރު އަސްލަމު މިހާރު އެމްޑީޕީން ވަކިވިޔަސް 11000މީހުން އެޑީޕީން ދާނެ އަސްލަމު އަކީ މީހުން ގަދަރު ކުރާ ހިޒްމަތެރިޔަ ވއްޑެ ދެންކަލޭ ތިޔަގޮޑިޔަ އަރާބަ ނުވާނެ