ޚަބަރު ސިޔާސީ

އެމްޑީޕީއިން ހަރުކަށި ފިކުރު ސިޔާސީ ޓޫލްއަކަށް ބޭނުން ކުރޭ: ރޮޒައިނާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިޚާބުގައި 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރި ހޯދިފައި ވަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީގައި ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވުމުން އެކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް އެކަމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

Ads by STELCO

ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް ދީދީ މިއަދު ވިދާޅުވީ، އެމްޑީޕީއިން ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައީ ރާއްޖޭގައި އުޅޭ ދީނީ ހަރުކަށި މީހުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ހިމަންދޫއިން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުން ޖަލުން ދޫކޮށްލި ކަމަށާއި ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް ޕްރަފެޝަނަލް މަސައްކަތްތަކެއް ކުރައްވައިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީއިން ހަރުކަށި ފިކުރު ބޭނުން ކުރަމުން ގެންދަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި ކަމަށެވެ.

އިބްރާހިމް ދީދީ ޓްވީޓަށް ރިޕްލައި ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، އޭނާ ހާމަ ކުރައްވައިފައި ވަނީ ތެދު ހަޤީޤަތް ކަމަށާއި މިހެން ބުނުމުން ބައެއް މީހުންނަށް އެ ވާހަކަތައް ކަމުނުދާނެ ކަމަށާއި އަދި އިބްރާހިމް ދީދީ އާ އެއްބަސްވެ ވަޑައިގަތުމުން އެކަން ވެސް ބައެއް މީހުންނަށް ކަމުނުދާނެ ކަމަށެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންފައި ވަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީތެރިކަމާ އެކުކަމަށް ޚުދު ރައީސް ނަޝީދުވެސް  ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. މިގޮތުން ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިންތިޚާބުވާ ކޮންމެ ވެރިޔަކު، އެމަނިކުފާނު ހިމެނިވަޑައިގަންވާހެން، ހޮވިވަޑައިގަންނަވަނީ ހަރުކަށި މީހުންގެ ސަޕޯޓާއެކުގައި ކަމަށެވެ.

ރޮޒައިނާއަކީ އެމްޑީޕީއަށް ވަޑައިގަތުމުގެ ކުރިން ރައީސް މައުމޫން ހިންގެވި ޑީއާރުޕީއިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި މެމްބަރެކެވެ.

  1. ނާމާން

    މޑޕ ން ސިޔާސީ ޓޫލްއެއްގެ ގޮތުގައި ބޭނުންކުރި ހަރުކަށި ފިކުރުގެ އާލާތްތަކުގެ ތެރޭގައި އިންޑިޔާގެ ހަރުކަށި ބޖޕ އާއި ފައްޅިތަކުގެ އެހީތަކާއި، ދީނީ މިނިވަންކަން ދިނުމުގެ ވަޢުދުނާމާތަކާއި، ދިވެހިބިމުގައި ޣައިރުމުސްލިމުންނަށް ހިކާބޮޑިބަތް ކެއްކޭނެގޮތް ހެދުމުގެ ވަޢުދުނާމާތައް ހިމެނޭ ނޫންތޯ!

  2. ބިރުބޮޑު

    ހަރުކަށިފިކުރު މިޤައުމުގައި އުފެއްދި ބަޔަކީ ސީދާ އެމްޑީޕީ ވަރަށް ގިނަމީހުން އެކަން ދަންނާނެ ވަރަށްވަރަށް ސާފް އިނގޭތޯ

  3. މޫސާ

    މިތަނުގަ ހަރުކަށި ފިކުރު އުފެއް ދީ ނަސީދާ އޭނަގެ އައުވާނުން