ލުއި ޚަބަރު

އެޑްމިޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ ގަސް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: ބިހާރުގެ ޓިއުޝަން ކްލާހަކުން އެޑްމިޝަން ފީއެއްގެ ގޮތުގައި ކުދީންގެ އަތުން ގަސް ނަގަމުންދާތީ އެ ކަމަށް ޚާއްޞަ ޞަމާލުކަމެއް ލިބިއްޖެއެވެ.

Ads by MWSC

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބިހާރުގެ ވެރިރަށް ޕަޓްނާގެ ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެއް ކަމަށްވާ ރާޖޭސްކުމާރު ސުނަންއާއި އޭނާގެ ބައިވެރީން ، މި ޓިއުޝަން ކްލާސް ހިންގަމުންދަނީ އެއްވެސް ފީއެއް ނުނަގައި ހިލެއެވެ. އެޑްމިޝަންގެ ފީއެއްގެ ގޮތުގައި ކުއްޖަކު ދައްކަން ޖެހެނީ 18 ގަހެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކްލާސް ޚާއްޞަކޮށްފައި ވަނީ ފަޤީރު ޢާއިލާތަކުގެ ކުދީންނަށެވެ. އެފަދަ ކުދީން އިމްތިހާންތަކަށް ތައްޔާރުކޮށްދިނުމަށް ހިންގާ އެ ކްލާހުގެ ކިޔަވައިދެނީ އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުން ކަމަށްވާތީ ކްލާހުގައި ކިޔަވައި ދެނީ ހެނދުނުު ދެ ގަޑިއިރާއި ހަވީރު ދެ ގަޑިއިރުގައެވެ.

މި ކްލާހުން މިހާތަނަށް 5000އަށް ވުރެ ގިނަ ކުދީން ތަޢުލީމް ޙާޞިލްކޮށްފައިވެއެވެ. އޭގެ ތެރެއިން 500އަށް ވުރެ ގިނަ ކުދީންނަށް ވަނީ ސަރުކާރުގެ ވަޒީފާ ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!