ހަމަލާއަށް ފަންޑު ކުރި ބަޔަކު ނެތް ކަމަށް ވާހަކަ ދައްކަން އުޅުމުން ސުވާލު އުފެދޭ: ވައްޑެ
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަންޑު ކުރި ބަޔަކު ނެތް ކަމަށް ވާހަކަ ދައްކަން އުޅުމުން ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓްހައުސް/އެޕާޓްމެންޓްތައް ހިފައި، އެތައް ދުވަހެއް ވަންދެން އެތައް ރޭވުމެއް ރޭވުމުގައި ދެމިތިބިކަން ތަހުގީގަށް އެނގޭއިރު، އެކަމަށް ފަންޑުކުރި ބަޔަކު ނެތްކަން ދައްކަން ވާހަކަ ދެއްކުމުން ސުވާލު އުފެދޭ ކަމަށެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ މި ފަދައިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގައި ހަމަލާގެ ގިނަ މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ބަލައިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ފަންޑްކުރި ބަޔަކު ތިބޭނެކަމަށް ވައްޑެ ވާހަކަ ދައްކާތީ މާބޮޑަށް ސުވާލު އުފެދޭ. ފަންޑް ކުރި ބަޔަކު ވައްޑެއަށް އެނގޭ ހެން އެހެންނާ ފަހެ،