ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ މީހަކު ދުވާފަރުން ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރ. ދުވާފަރުން އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި އެ މީހާ ނިޔާވެފައި ވަނީ މީގެ އިރުކޮޅެއް ކުރިން، އޭނާ ދިރިއުޅޭ ގޭގައެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 220 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون