ޚަބަރު

72 ދުވަސްފަހުން ވިލިނގިލި މޮނިޓައިންގެ ހާލަތުން ނަގައިފި، މޮނިޓަރިންގައި މިހާރު އޮތީ 12 ރަށެއް

އާމިނަތު ސަަޒްރާ

މުޖްތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރި މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތް ގއ. ވިލިނގިލި 72 ދުވަސް ފަހުން މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ، މިވަގުތު އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދުތައް ހުރީ ވަރަށް ދަށުގައި ކަމަށެވެ.

"72 ދުވަހުގެ މޮނިޓަރިން އަށް ފަހު ރަށް މޮނިޓަރިންއިން މި ނެގީ. މިވަގުތު ރަށުގައި އެކްޓިވް ކޭސްގެ ޖުމްލައަކީ 22. ދެން މޮނިޓަރިންގެ ހާލަތަކީ އުނދަގޫ ހާލަތެއް ކަމުގައި ވިޔަސް އާއްމުކޮށް ހަމަ ވަރަށް ރަނގަޅު" ވިޝާލް ވިދާޅުވިއެވެ.

ވިލިނގިލި މޮނިޓަރިންނަށް ލައިފައިއި ވަނީ އެރަށަށް ހާއްސަ ހުއްދައިގެ ދަށުން އައި މީހަކު ބައްޔަށް ފައްސިވެ، ރަށުގައި ކޮވިޑް-19 ފެތުރުމުންނެވެ.

ވިޝާލް ވިދާޅުވީ ވަކި ތަރުތީބެއް ނެތި އެންމެފަހުން ނެގުނު ހުރިހާސުންކެއް ވެސް ނައްސިވެފައިވާ ކަމަށާއި މޮނިޓަރިންގެ ހާލަތުން ރަށް ނެގުނީ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި ސިއްޙީ އޮފިޝަލުންނަށް ވިޝާލް ވަނީ ޝުކުރު ދަންނަވާފައެވެ.

ވިލިނގިލީގައި ސުކޫލު ކުއްޖަކު ކޮވިޑް19 އަށް ފައްސިވުމުގެ ސަބަބުން މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު ވެސް އެ ރަށް ވަނީ މޮނިޓަރިންނަށް ލައިފައެވެ. އެފަހަރު އެރަށް މޮނިޓަރިންއަށް ލައިފައި ވަނީ ގއ. ދެއްވަދޫ ކޮވިޑް އިހަލެއްގެ މީހަކާ އެއްތާވި ،ގއ.ދާންދޫއަށް ނިސްބަތްވާ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރެއް ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމްލަ 12 ރަށެކެވެ. އެއީ ފ.ފީއަލި، ޏ.ފުވައްމުލައް، އއ.ތޮއްޑޫ، ރ.ދުވާފަރު، ގއ.ކޫއްޑޫ، ރ.މީދޫ، ށ.ފޯކައިދޫ، ގއ.ނަޑެއްލާ، ކ.ކާށިދޫ، އއ.ރަސްދޫ، ހދ.ކުޅުދުއްފުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!