އޮސްޓްރޭލިއާއިން ރާއްޖެއަށް ޕީޕީއީ ސާމާނު ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް(ޕީޕީއީ) ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ޕީ.ޕީ.އީ ސާމާނު ހަދިޔާ ކުރުމާ ގުޅިގެން ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ.
ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުން ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

Ads by Allied Insurance