ޗައިނާގެ ރައްދު ނަޝީދަށް: ބާރު ދައްކަން ކުރާ މަސައްކަތަށް އެ ގައުމުން ފާޅުގައި ދެކޮޅު ހަދާނެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓަކަށް ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ރައްދުދީފިއެވެ.
ޗައިނާ އެމްބަސީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ ވަށައިގެން އޮތް ފެނުގެ ސަރަހައްދުން ކަނޑު ދަތުރުކުރުމަށާއި ވައިގެ ދަތުރުތައް ކުރުމަށް ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމުތަކަށް ލިބިފައިވާ ޙައްޤަށް ޗައިނާއިން އިހުތިރާމުކުރާ ކަމަށެވެ. އެހެން ނަމަވެސް ޗައިނާއަށް އަމާޒުކޮށް ބާރުގަދަކަން ދެއްކުމުން ޗައިނާއިން ދެކޮޅުހަދާނެ ކަމަށް ވެސް އެ ޓުވީޓުގައި ޗައިނާ އެމްބަސީން ވިދާޅުވެފައިވެއެވެ.
ޗައިނާ އެމްބަސީން މިފަދައިން ވިދާޅުވެފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕާޓްލީ އައިލެންޑް ނަމަކަށް ކިޔާ ރަށް ކައިރިން ހަނގުރާމަމަތީ އިނގެރޭސި މަނަވަރުތަކެއް ވަނުމުން އުފާވާކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ މިނިވަންކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އިނގިރޭސިވިލާތުގެ މަނަވަރުތައް އެ ސަރަހައްދަށް ވަނުމުން އުފާ ކުރާ ކަމަށެވެ.
މިކަލޭގެއާހެދި ޤަައުމީ ސަލާމަތަށް ނުރައްކާ ވެއްޖެ. ފިޔަވަޅު އަޅަން މާ ލަސްވެއްޖެ.
ނަޝީދުގެ ސިޔާސީ ކުރިމަގަށް ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތައް ގުރުބާން ނުކުރާށެވެ. މިރާއްޖެއަކީ ޒަމާނުއްސުރެ ވަކިފަރާތަކަށް ނުޖެހޭ އެކުވެރި ގައުމުތަކާ ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިނޫން މިސްރާބަކަށް މިރާއްޖެ ގެންދަވަން ނޫޅުއްވާށެވެ.
ސާބަހޭ ސާބަހޭ އަށްސަރިބަހާސާބަސް ޗައިނާ ސަރުކާރުން އެމްޑީޕީގެ ރޫހާނީ ނަޝީދު ޓްވީޓްއަށް ދެއްވި އިންޒާރަށް ވަރަށް އުފާވެއްޖެ އެކަހަލަ އިންޒާރުތަށް ރޫހާނީމީހާއަށް ދިނުން މާބޮޑަށްވެސް ލަސްވެއްޖެ ވަރަށް ވަރަށް ސާފް އިނގޭތޯ
މިކަލޭގެގައިގަބޮކެއްގެބާރުނެއް
ޗައިނާ އަކީ ދުނިޔޭގެ ބޮޑު ބާރެއް! ކިހިނެއް ހަދަން މިކަލޭގެ މިއުޅެނީ! އަހަރެމެން ޤްރުބާން ކުރަންތަ؟ މަޑުންހުރެބަލަ ދޮންކަލޯ!