Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން 80% މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން: ޑރ. ނަޒްލާ

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން 80% މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން: ޑރ. ނަޒްލާ

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80% މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފާއިތުވީ ދުވަސްތަކުގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ދަށަށް ދިޔަ ކަމަށާއި އެގޮތުން 1000އަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވި ކަމަށާއި ބަލީގައި ނިޔާވި މީހުންގެ ގާތްގަނޑަކަށް 80% މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.

"އެހެންވީމަ މިވަރުުގެ އިތުރު ރާޅެއް އަޔަ ނުދިނުމަށާއި، އަދި ބަލި ކޮންމެވެސް ވަރަކަށް ފެތުރުނު ކަމުގައި ވިޔަސް ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން." ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެކި ސަބަބުތަކާ ހެދި ދުނިޔޭގެ ވެކްސިން ސަޕްލައިތައް މިވަނީ ތާށިވެފައި ކަމަށެވެ. ހުރިހާ ޤައުމަކަށް ވެސް ވެކްސިން ބޭނުން ވެފައިވާ އިރު ވެކްސިން ބޭނުންވާ ވަރަށް ނުލިބިފައި ތިބި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް