ޚަބަރު

ފުރަތަމަ ޑޯޒް ޖެހުމަށް ފަހު މާބަނޑުކަން އެނގިއްޖެ ނަމަ ދެވަނައަށް ޖަހަނީ ފައިޒާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ކޮންމެ ބްރޭންޑެއްގެ ކޮވިޑް ވެކްސިނެއް ޖެހި ފަހުން ވިޔަސް މާބަނޑުކަން އެނގިއްޖެ ނަމަ، ދެވަނަ ޑޯޒުގެ ގޮތުގައި ދޭނީ ފައިޒާ ވެކްސިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޝީލްޑް ނުވަތަ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން، އެ މީހަކު މާބަނޑުކަން އެނގިއްޖެ ނަމަ އެ މުއްދަތަށް ފަހު ފައިޒާ ވެކްސިން ދޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން މި ބަލިން ރައްކާތެރިވުމަށް މިހައިތަނަށް ދީފައި ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދައިފައިވާ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ފުރަތަމަ ޖަހަން ފެށީ، ފުރަތަމަ ޑޯޒު ޖެހިތާ 12 ހަފުތާ ފަހުންނެވެ. އެކަމަކު އެ ބްރޭންޑުގެ ވެކްސިން ހުސްވާން ފެށުމުން އެ މުއްދަތު އިތުރުކުރިއެވެ.

ސިނޮފާމްގެ ދެވަނަ ޑޯޒު ޖަހަނީ، ފުރަތަމަ ޑޯޒު ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!