Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ނަޝީދު ބުއިން ހުއްޓައިލުމަކީ އެމްޑީޕީގެ ގިނަ މެމްބަރުން އުފާކުރާނެކަމެއް: މަލީހު

ރައީސް ނަޝީދު ބުއިން ހުއްޓައިލުމަކީ އެމްޑީޕީގެ ގިނަ މެމްބަރުން އުފާކުރާނެކަމެއް: މަލީހު

ރައްޔިތުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ބަނގުރާ ބުއިން ހުއްޓައިލުމަކީ އެމްޑީޕީގެ އާންމު މެމްބަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ނަފްސާނީ މައްސަލައެއް ނެތްކަން ސާބިތު ކޮށްދޭން އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން ދޫކުރި ލިޔުމެއްގައި އެ މަނިކުފާނު އަމިއްލަފުޅަށް ބަނގުރާ ހިއްޕެވުން ހުއްޓަވައިލެއްވުމުގެ ސަބަބުން އަވަހާރަފުޅުލެއްޕެވުމުގައި އެއްވެސް އުނދަގުލެއް މިހާރު އެ މަނިކުފާނަކަށް ކުރިމަތި ނުވާކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މަލީހު ވިދާޅުވީ ރައީސް ނަޝީދު ބަނގުރާ ބުއިން ހުއްޓައިލިކަން އިޢުލާން ކުރެއްވުމަކީ އެމްޑީޕީގެ ގިނަ މެމްބަރުންނާއި ރައްޔިތުން އުފާކުރާނެ ކަމެއްކަމަށެެވެ. އަދި އުއްމީދަކީ ރައީސް ނަޝީދަކީ ވެސް އަޚުލާގު ރަނގަޅު ބޭފުޅަކަށްވުން ކަމަށާއި އެމަނިކުފާނުގެ އުޅުމާއި އާދަކާދަޔާ ގުޅޭގޮތުން ދެވިފައިވާ ލަގަބުތައް މުރާޖައާވެގެން ދިއުންކަމަށެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/maleehjamal/status/1420277223332872196?s=21

މެއި މަހުގެ ހަވަނަ ދުވަހުގެ ހަމަލާއަށް ފަހު ރައީސް ނަޝީދަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓް ކުރުމާ ގުޅިގެން އެމަނިކުފާނު ވަނީ ލަންޑަންގެ ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާ ކުރައްވައިފައެވެ. އޭގެ ފަހުން އެ ލިޔުން ޑިލިޓް ކުރި ނަމަވެސް ލިޔުމުގެ ކޮޕީއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް