ޚަބަރު

ފައިސާ ދީގެން ޕާޓީއަކަށް ނުވައްދަން: އަދާލަތު

ރައުފާ ރަޝީދު ، ދެން އޮންލައިން

އަދާލަތު ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް ފަށައިފައިވާ ކެންޕެއިންގެ ތެރެއިން އެ ޕާޓީއަށް ވަނުމަށް ފޯމް ފުރާ މީހުންނަށް ފައިސާ ދެމުންދާ ކަމަށް ކުރެވޭ ތުހުމަތު އަދާލަތުން ދޮގުކޮށްފިއެވެ.

Ads by Sosun Fihaara

އަދާލަތު ޕާޓީން ބުނީ ފައިސާ ދީގެން ޕާޓީއަށް މެންބަރުން އިތުރުކުރާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެ ޕާޓީން ނުކުރާނެ ކަމަށެވެ.

އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ފަށައިފައެވެ. މި ކެމްޕޭނުގައި އަދާލަތަށް ސޮއިކުރާ ކޮންމެ މީހަކަށް 1،500 ރުފިޔާ ދެމުންދާ ކަމަށް މީސް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދާލަތު ޕާޓީއަށް މީގެ ކުރިން ވެސް 10،000 މެމްބަރުން ހަމަވެފައި ނުވުމުން މިދިޔަ މުއްދަތުގައި ދައުލަތުން އެ ޕާޓީއަށް ފައިސާ ލިބިފައެއް ނުވެއެވެ.

އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވީ އޭނާ 2011ވަނަ އަހަރު އެ ޕާޓީއާ ހަވާލުވިއިރު ތިބީ 4،600 މެމްބަރުން ކަމަށާއި އޭގެ އަނެއް އަހަރު އެ އަދަދު 11،000އަށް އެރުވި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!