ޚަބަރު

ކުޑަކުދިންގެ ހިޔާގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގައިފައި ވަނީ ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. އަދި ފުލުހުން މި ހާދިސާ ހިނގައިދިޔަ ގޮތް އިތުރަށް ބަލަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ތަނުގެ ފޮޓޯތައް އެމްއެންޑީއެފުން ވަނީ އާންމުކޮށްފައެއެވެ. ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުން ލިބިފައިހުރިކަން ފޮޓޯތަކުން ފާހަގަވެއެވެ. އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ މަހު 6 ވަނަ ދުވަހު ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާ ހިނގައިފައި ވަނީ ކުޑަކުދިންގެ ހިޔާގެ 2 ވަނަ އިމާރާތުގައި ހުރި ގުދަނެއްގައެވެ. އަދި އެއްވެސް ކުއްޖަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. ނަމަވެސް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!