ޚަބަރު ސިޔާސީ

ރައީސް ޔާމީން ޝަރީއަތުގައި، އިދިކޮޅުން މުޒާހަރާއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ޖަޒީރާ

މިހާރު ކްރިމިނަލް ކޯޓްގައި ހިނގަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކްރިމިނަލް ކޯޓް ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

Ads by STELCO

މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނާއި ރައީސް ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިއަދު ހެނދުނު 9 ޖަހިއިރު ފެށި، މި އޮންނަ މި އަޑުއެހުމަކީ ރ.ފުއްގިރި ވިއްކައިލުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެކެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ 2 ދައުވާއެއް އުފުއްލަވައިފައެވެ. އެއީ ރިޝްވަތުގެ ގޮތުގައި ފައިސާ ނެންގެވި ކަމުގެ ތުހުމަތުގައި އުފުލައިފައިވާ ދައުވާއަކާއި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް (ސަން)ގެ ކުންފުނިތަކެއް މެދުވެރިކޮށް އެ ފައިސާ ލޯންޑާކުރި ދައުވާއެވެ.

މި ދަޢުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވައިފައެވެ.

ރައީސް ޔާމީން މިހާރު ވެސް ދަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ބުނާ މައްސަލައެކެވެ.

  1. ނަރުދޫ ހަސަނު

    ތިގޮލާ ދޫނުކުރާތި. ތީ ހަމަ ބޮޑު މުއްލާއެއް. ވަގެއް. 25 އަހަރުގެ ޖަލު ހުކުމް އިއްވާފަ 500 މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރަންޖެހޭނެ. ލާރި ނުދެއްކިއްޖިއްޔަ ގެ ނީލަންކިޔާ.