މުނިފޫހިފިލުވުން

ދޯނީ މިފަހަރު މަޝްހޫރުވީ ކްރިކެޓާ ގުޅުން ހުރި ކަމަކު ނޫން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު މީހުންގެ ތެރެއިން މި ދުވަސްވަރު ޓްވިޓާގައި އެންމެ ޓްރެންޑިން އެކަކު ކަމުގައި ފާހަގަ ވަނީ އިންޑިއަން ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީއެވެ. އަބަދުވެސް މީސް މީޑިއާގައި އޭނާގެ ޚަބަރުތައް ހޫނުކަމާ އެކު ދައުރުވަމުން ދާއިރު، މިފަހަރު ދޯނީގެ ޚަބަރުތަށް ފެތުރިފައި މިވަނީ ކްރިކެޓާ އެއްވެސް ގުޅުމެއް ވެސް ނުވާ ކަމެއްގައެވެ.

Ads by Sosun Fihaara

ދޯނީ މިފަހަރު މަޝްހޫރު ވެފައި ވަނީ އާ ގޮތަކަށް ބޯ ކޮށައިގެންނެވެ. އޭނާގެ ހެއާ ސްޓައިލް ފެނިފައި، ދޯނީ ވައްތަރީ މުޅިން އެހެން މީހަކާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ދޯނީއަށް މޭކްއޯވަރއެއް ދިން އޭނަގެ ހެއާ ސްޓައިލިސްޓް އާލިމް ހަކީމް، އޭނަގެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރަމުން ބުނީ ގެނެވުނު ބަދަލާ މެދު އާލިމް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ކުޅިވަރުގެ ދުނިޔޭގައި ނަން ވިދައިލައިފައިވާ ދޯނީގެ އެ ފޮޓޯތައް މާ ލަސްތަކެއް ނުވެ މުޅި އިންޓަނެޓް ފުރައިލިއެވެ. ގިނަ މީހުން ބުނި ގޮތުގައި ދޯނީއަށް ލިބުނު އެ މޭކްއޯވަރގެ ސަބަބުން އޭނާ އެތައް އަހަރެއް ޒުވާން ކަމަށް ވެސް މިހާރު ދައްކައެވެ. އެގޮތުން އެކަކު ބުނީ ދޯނީ މިހާރު ހީވަނީ 20 އަހަރުގެ ޒުވާނެއްހެން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!