ޚަބަރު ސިޔާސީ

ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އައްޑޫ ލައިވް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިިޔަ މެއި މަހުގެ ހަވަނަ ދުވަހުރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައި ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އެ މަނިކުފާނު އެދިވަޑައިގަންނަވައިފިއެވެ.

Ads by MWSC

މިކަމަށް އެދި ރައީސް ނަޝީދު ޕީޖީއަށް ފޮނުވި ސިޓީފުޅެއްގެ ކޮޕީއެއް އޮންލައިން މިޑިޔާ "އަވަސް"އިން ވަނީ ރިޕޯޓްކޮށްފައެވެ. މި ސިޓީފުޅުގައި ، މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ މަނިކުފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެއްބަނޑުއެއްބަފާ ކޮއްކޮ އަހްމަދު ނާޒިމް ހަމަޖައްސަވައި ދެއްވުން އެދި ދަންނަވާފައިވާ އިރު އެ މަނިކުފާނުގެ ފުރާނަ ދުއްވައިލާން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޕީޖީ ވިދާޅުވި ކަމަށާއި ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ވިދާޅުވި ވިދާޅުވުން ވެސް ތަކުރާރުކުރައްވާފައި ވާކަމަށް އެނޫހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތު ކުރެވެނީ އަދުހަމް އަހުމަދު ރަޝީދު (25އ.)އާއި މއ. ފޭރުގެ މުޖާޒް އަހްމަދު (21އ.)އާއި ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހްމަދު (32އ.) އަދި ދަރަވަންދޫއިން ހައްޔަރު ކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު (23އ.)ގެ އިތުރުން ނ. މަނަދޫ/ ނޫރީގެ އަލީ ހައިޝަމަށެވެ.

މީގެ ތެރެއިން މުޖާޒް އަހުމަދާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދު ރަޝީދާއި ހައިޝަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!