ބޮލީވުޑް މުނިފޫހިފިލުވުން

ސަންޖޭ ލީލާގެ ކުރިއަށް އޮތް ފިލްމުން ދިޕިކާ ވަކި ކުރީ އަގުގެ މައްސަލައެއްގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ދީޕިކާ އަދި ފިރިމީހާ ރަންވީރު

ސަންޖޭލީލާ ބާންސާލީގެ ކުރިއަށް އޮތް ފިލްމު ކަމުގައިވާ "ބައިޖޫ ބާވްރާ"ގައި ރަންވީރު ސިންގްއާ އެކު ދީޕިކާ ފެނިގެން ދާނެކަމަށް ބުނެފައި ވަނިކޮށް އެ ފިލްމުގައި ދިޕިކާ ނުފެންނާނެކަމާއި ފިލްމުން އޭނާ ވަކިވެފައި ވަނީ ފިލްމް ކުޅެން އޭނާ ހުށައެޅި އަގުގެ ސަބަބުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

Ads by STELCO

ސަންޖޭލީލާގެ ގިނަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކުރި ބޮލީވުޑްގެ ދެމަފިރިން ކަމުގައިވާ ރަންވީރުއާއި ދިޕިކާ އެކުގައި "ބައިޖޫ ބާވްރާ"އިން ނުފެންނާނީ އެ ފިލްމު ކުޅެން ރަންވީރު ހުށައެޅި އަގު ދިީޕިކާ ވެސް ހުށައެޅުމާ އެކު އެކަމާ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އެއްބަސް ނުވެވިގެންނެވެ.

"އެފިލްމު ކުޅެން ދީޕިކާ ބޭނުންވީ ހަމަ ރަންވީރު ވެސް އެފިލްމު ކުޅޭ އަގަށް. އެންމެ ޕެނީއެއް ވެސް އިތުރަށް ނޫން އަދި އެންމެ ޕެނީއެއް ވެސް އިތުރަކަށް ނޫން." ބޮލީވުޑް ޚަބަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސަންޖޭ ލީލާގެ "ލާމް ލީލާ" ބާޖީރާއޯ މަސްތާނީ" އަދި "ޕަދްމާވަތު"ގައި ރަންވީރު އަދި ދިޕިކާ އެކުގައި ފެނިގެން ގޮސްފައިވާއިރު މި ފިލްމުތަކަކީ ބޮލީވުޑްގެ ބޮކްސް އޮފީސް ޗާޓުގައި ގިނަ ދުވަސްތަކެ އްވަންދެން އޮތް ފިލްމުތަކެކެވެ.

ފިލްމު ކުޅެން ދީޕިކާ ހުށައެޅި އަގުގެ މައްސަލަ ޖެހިފައިވާއިރު، ހިންދޫ ، އެޕިކް ފިލްމު "ރަމަޔާން"ގައި ސީތާގެ ރޯލު ކުޅެން ކަރީނާ ކަޕޫރު 12 ކުރޯޑް ރުޕީސް ހުށައެޅި މައްސަލަ ހޫނުވެ ސޯޝަލް މީޑިޔާގައި ކަރީނާއަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!