ޝަރުޢީ ދާއިރާ

އަލީ ވަހީދު އަދިވެސް ރާއްޖެއިން ބޭރުގައި، ނަމަވެސް ޝަރީޢަތް މާދަމާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އޭނާއަށް ޗިޓް ފޮނުވި މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލްކޮށްފައި ވަނީ އަލީ ވަހީދުގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައެވެ. އެ މަައްސަލަ ފެށުމަށް ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 1:00 އަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިމުގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފައިވީ ނަމަވެސް، އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އެ މައްސަލަ އެންމެ ފުރަތަމަ އިސްތިއުނާފު ކުރަން ހުށަހެޅީ ހައިކޯޓަށެވެ.

ނަމަވެސް ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އަދި އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގައި، މިދިޔަ މަހުގެ 15ވަނަ ދުވަހު އޭނާ އަށް ޗިޓް ފޮނުވައިފައެވެ.

Ads by Allied Insurance
  1. އަޙުމަދު އައްޑޫ

    ޙުސް ގޭމު