އިޖުތިމާޢީ

ދިއްދޫއާއި ކުޅުދުއްފުށި އާންމު ހާލަތަށް ގެނެސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Kulhudhuffushi
ހދ. ކުޅުދުއްފުށި

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މޮނީޓަރިންގަށްލީ ހއ. ދިއްދޫއާއި ހދ. ކުޅުދުއްފުށި އާންމު ހާލަތަށް ގެނެސްފިއެވެ.

Ads by MWSC

"ދެން" އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށި އާންމު ހާލަތަށް ގެނެސްފައި ވަނީ 17 ދުވަހަށް ފަހުގައެވެ. އަދި ދިއްދޫގެ މޮނީޓަރިންގެ ހާލަތު އުވާލާފައި މިވަނީ 15 ދުވަހަށް ފަހުގައެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ އުމުރުން 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ދިއްދޫ މޮނީޓަރިންގަށްލީ އޭގެ ދެ ދުވަސް ފަހުންނެވެ.

ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން ނަގާފައިވާއިރު ޖުމްލަ 1،124 ރެމްޑަމް ސުންކު ނަގާފައިވެއެވެ. އަދި ގާތުން އެއްތާވި މީހުންނާ އެކު ގުނައިގެން އެ ރަށުން މިހާތަނަށް ނެގި ޖުމްލަ ސުންކުގެ އަދަދަކީ 1،783އެވެ. ކުޅުދުއްފުށީ ސިޓީގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 47 މީހުން އެބަތިއްބެވެ.

ދިއްދޫގެ ހާލަތާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ އެ ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި އެއްވެސް ހައިރިސްކު ބޭފުޅަކު ވެސް ފައްސިވީ މީހުންގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!