ޚަބަރު ސަރުކާރު

މި ދައުރުގައި ތިލަ މާލެ ބްރިޖްގެ މަސައްކަތް އެއްކޮށްނިންމައެއް ނުލެވޭނެ: ރައީސް ޞާލިޙް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ބްރިޖްގެ ސާރވޭ ކުރަނީ

"ތިލަ މާލެ" ބްރިޖު 2023ވަނަ އަހަރަށް އެއްކޮށް ނިންމައިނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ ތިލަފުށި ގުޅައިލަދޭ ބްރިޖުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މިހާރު އޮތީ އެގްރީމެންޓުގައި ސޮއި ކުރުމާ ހަމައިގައި ކަމަށެވެ.

"ބިޑްކޮށް ބަޔަކަށް ބިޑް އެވޯޑްކޮށް އެގްރީމެންޓްގައި ސޮއިކުރުމުގެ މަރުހަލާގައި މިހާރު ވަނީ. އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން ބިޑް ޑޮކިޔުމެންޓްގައި އެބަ އޮވޭ ކުރަންޖެހޭ މަޝްވަރާތަކެއް. ދެ ފަރާތުން އެއްބަސްވާން ޖެހޭ އެއްބަސްވުންތަކެއް. އެމަސައްކަތް ކުރުމުގެ ކަންތައްތައް މިހާރު ކުރިއަށް ދަނީ މިއަދު ވެސް ބައްދަލުވުމެއް އޮތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދޮޅު އަހަރު ގެއްލުމުން ތިލަމާލެ ބްރިޖް 2023ވަނަ އަހަރަށް އެއްކޮށް ނުނިމޭނެ ކަމަށާއި އެހެން ނަމަވެސް މަސައްކަތުގެ ބޮޑުބައި ނިންމައިލެވޭނެ ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ނިމޭ ބައި 2023 ވަނަ އަހަރު ހުޅުވައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ކުންފުންޏަކުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވާ ތިލަމާލެ ބްރިޖު އެޅުމަށް ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

Ads by HDC
  1. ޒާހިޜު

    އަޅުގަނޑުރައިސްސޯލިހުއަށްފާޑުކިއުއްވަނީކީ.ނޫންއެކަމަކު.،ރައިސްސޯލިހުއާނޫސްވެރިއަކުވިލިމާލެބުރިޒުއާބެހޭ.ގޮތުއްސުވާލުކުރެއްވުމުއް.،ރައިސްސޯލިހުނޫސްވެރިއްނައް.،ދެއްވިޖަވާބަކީއިރާދަކުރެއްވިއްޔާބުރިޒުއެޅުމުގެމަސަކައްކުރިއަޢްދާނެކަމައްވިދާޅުވި.،ކޮއެޑު19ކައްތައްހިގަމުޢްދިޔަނަމަވެސް.،ބުރިޒުގެމަސެއްކައްކުރިއައްދާނެކަމުގަ