ފޮށިގަނޑެއްގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި
ކައިވެނީގެ ހެދުމަކާ އެކު ފޮށިގަނޑެއްގެ ތެރޭގައި ފޮރުވައިގެން ގެންގުޅުނު މަސްތުވާ ތަަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ،
މައުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ހައްޔަރުކޮށްފައި ވަނީ ކައިވެނީގެ ހެދުން ލާފައިއޮތް ފޮށިގަނޑުގެ ތެރޭގައި 955 ގުރާމުގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެނިކޮށެވެ. އެހެން ނަމަވެސް އެ ފޮށިގަނޑަކީ މީހަކު ހަވާލުކޮށްފައިވާ ފޮށިގަނޑެއް ކަމަށާއި އޭގައި އޮތީ ކައިވެނީގެ ހެދުމެއް ކަމަށް އެ ފޮށިގަނޑު ގެންގުޅުނު މީހާ ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާއިރު އެމީހާގެ ބަންދުގެ މުއްދަތު ވަނީ ދެފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްފައެވެ.
ފޮށިގަނޑު ފޮރުވައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހާއާ އެކު އެހެންމީހެއް ވެސް އެފޮށިގަނޑު ހިފައިގެން މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ފުލުހުންނަށް ވަނީ ލިބިފައިކަމަށް މައުލޫމާތު ލިބެއެވެ. އަދިވެސް އެމީހާއާ އެކު އުޅުނު ދެވަނަ މީހާ ހައްޔަރުކުރެވިފައި ނުވާ ކަމަށް ވެސް ހަބަރު ލިބެއެވެ.
މިމައްސަލައާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ބަހެއް ލިބޭގޮތް ނުވެފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވެފައިވާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ގިނަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.އަދި މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނައްތައިލައެވެ.