ޚަބަރު

ފަތުރުވެރިއެއްގެ ލަގެޖުން 10،000 ޔޫރޯ ވަގަށް ނެގި ހަތަރު މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އޮގަސްޓު 15 ވަނަ ދުވަހު ހުށަހަޅައިިފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުުހުންކުރި މަސައްކަތުން 10000 ޔޫރޯ މިހާތަނަށް  ހޯދައިފައިވާ ކަމަށާއި އެ ފައިސާތައް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!