އިޖުތިމާޢީ

އާރްޑީސީން ބުނަނީ އޮފީސް ފަޅައިލި މީހާ ހައްޔަރުކޮށްފި ކަމަށް، ފުލުހުން ވިދާޅުވީ ނުކުރާކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީސް ފަޅައިލި މައްސަލައިގައި މީހަކު ހައްޔަރު ކުރުމާ ގުޅޭގޮތުން ފުލުހުންނާއި އާރްޑީސީގެ ބަސް ތަފާތު ވެއްޖެއެވެ.

Ads by MWSC

އާރްޑީސީ އޮފީސް ފަޅައިލިކަމުގެ ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 7:45ގައި ކަމަށް ފުލުހުން މީގެ ކުރިން ވިދާޅުވިއެވެ. އަދި އާރްޑީސީން ބުނީ އެ އޮފީސް ފަޅައިލައިފައި ވަނީ، ރޭގެ ވަގުތެއްގައި ފުރާޅުން ޓިނު ނައްޓައިގެން ސީލިންގު ފަޅައިލައިގެން ކަމަށެވެ. އެ އޮފީހުގައި އެއްވެސް ވަރަކަށް ފައިސާ ބަހައްޓައިފައި ނުވާނެ ކަމަށް އާރްޑީސީން މިއަދު ހެނދުނު ބުނެފައިވެއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އާރްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ ރޭ އެ އޮފީސް ފަޅައިލި މީހާ ހައްޔަރު ކޮށްފައިވާކަން ފުލުހުން ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން "ދެން"އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އާރްޑީސީން ބުނި ގޮތުގައި މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފައިވާ ކަމަށާއި ވަގަށް ނަގައިފައި ހުރި އެއްޗެހި ބަލައި ދާން ވެސް އެ އޮފީހަށް ވަނީ އަންގައިފައެވެ.

ނަމަވެސް ފުލުހުން މީޑިއާތަކަށް ޚާއްސަ ކޮށްފައިވާ ރަސްމީ ގްރޫޕުގައި ވެސް ވިދާޅުވެފައި ވަނީ މި މައްސަލައިގައި މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

Ads by Allied Insurance
  1. ޔޫކޭ

    މޫކޭ އަށް ކެވޭވަރު މަދުވެގެން ގަންޖާސޮރެއް ލައްވާ ވައްކަން ކުރުވަނީހެން ހީވަނީ. ވަރަށް އެކަހަލަ ވައްތަރުޖަހާ އެބަ. މޫކޭ ކަލޭ އިސްތިއުފާ ދީފަ ގޭގަ އޮވެވޭވަރަށް ކެޓުވިފަ ހުންނާނީ މިހާރު. ދެން އިސްތިއުފާދީީ