ފުރޮޅުގައި އެލިގެން އޮއްވާ ވެއްޓުނީ އަފްގާންގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް

އަފްގާނިސްތާނުން ފިލަން ވެގެން ފްލައިޓްގެ ފްރޮޅުގައި އެލިގެން އޮއްވާ ވެއްޓިފައި ވަނީ އަފްގާނިސްތާނުގެ ޒުވާން ޤައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށް އަފްގާނިސްތާނުގެ ސްޕޯޓްސް ފެޑްރޭޝަނުން ހާމަކޮށްފިއެވެ.
އަފްގާންގެ ސްޕޯޓްސް ފެޑްރޭޝަނެއް ކަމަށްވާ ޖެނެރަލް ޑިރެކްޓްރޯޓް އޮފް ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯޓްސް އޮފް އަފްގާނިސްތާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވެފައި ވަނީ ޒަކީ އަންވާރީ ނަމަކަށް ކިޔާ ކުޅުންތެރިއެއް ކަމަށެވެ.
"ފުރޮޅުގައި އެލިގެން އޮއްވާ ވެއްޓި މަރުވެފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އަހަރެމެންގެ ކުޅުންތެރިއެއް. އޭނާ ބޭނުންވީ އެތަކެއް ޒުވާނުން ގޮތަށް އަފްގާނިސްތާނު ދޫކޮަށް ދާން. ފިޔައިގައި އެލިގެން އޮއްވާ ވަރަށް މަތިން ވެއްޓި އޭނާ ވަނީ މަރުވެފައި" ފޭސްބުކްގައި އެ ފެޑްރޭޝަނުންކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ކާބުލްގެ ކޮންޓްރޯލް ނެގުމާއެކު އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ ޤައުމުން ފިއްލަވައިފައެވެ. މިއާއެކު ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަން ބޭނުން ނުވާ، އަދި އެމެރިކާއަށް ވާގިވެރިވެ ދިން ބައެއް ފަރާތްތަކުން ވަނީ ޤައުމު ދޫކޮށް ފިލަން އެއަރޕޯޓްތަކަށް ގޮސްފައެވެ.
މިގޮތުން އެމެރިކާގެ އަސްކަރީ ފްލައިޓެއް އަފްގާނިސްތާނުގެ ކާބުލްއިން މީހުން ބަރުކޮށްގެން އެވަގުތު އެމެރިކާއަށް ވަނީ ދަތުރު ފަށައިފައެވެ. މި ފްލައިޓް ފުރި ވަގުތު ފްލައިޓްގެ އެކި ބައިތަކުގައި ގިނަ މީހުން ތިއްބެވެ، އަދި ބައެއް މީހުން ފްލައިޓްގެ ފިޔައިގައި އެލިގެން ތިބިއިރު، ފުރޮޅުގައި އެލިގެން ވެސް ބައެއް މީހުން ތިއްބެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ފްލައިޓް ފުރުމުގެ ކުރިން ފްލައިޓުން ވަނީ ފައިބައިފައެވެ.
މިކަމުގެެ ފުރިހަމަަ ޒިންމާާ އެމެރިކާއިންް ނަގަންޖެހޭނެެ.
ފުރޮޅުގައި އެލިގެން އޮއްވާ ވެއްޓި މަރުވެފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އަހަރެމެންގެ ކުޅުންތެރިއެއް. އޭނާ ބޭނުންވީ އެތަކެއް ޒުވާނުން ގޮތަށް އަފްގާނިސްތާނު ދޫކޮަށް ދާން. ފިޔައިގައި އެލިގެން އޮއްވާ ވަރަށް މަތިން ވެއްޓި އޭނާ ވަނީ މަރުވެފައި” ފޭސްބުކްގައި އެ ފެޑްރޭޝަނުންކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ