ޚަބަރު

އަނެއްކާވެސް އާރްޑީސީ ފަޅައިލާން އުޅެފި: ބުނީ ފުރާޅަށް އެރީ ޖީންސާއި ޓީޝާޓު ބަލާ ކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަނެއްކާ ވެސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީސް ފަޅައިލާން މީހަކު އުޅެފިއެވެ.

Ads by MWSC

އާރްޑީސީން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ އޮފީސް ފަޅާއިލާން އުޅުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އާރްޑީސީ އޮފީސް ފަޅައިލާން އުޅުނު މީހާ ރޭ ދަންވަރު އަތުލައިގަތީ ފުރާޅު މަތީގައި އޮއްވާ އާރްޑީސީގެ މުވައްޒަފުންތަކެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ އޮފީސް ފަޅާލަން އުޅުނު އެ މީހާ މިހާރު ހައްޔަރު ކޮށްފައިވާ އިރު، އޭނާގެ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނެފައި ވަނީ ފުރާޅަށް އޭނާ އެރީ "ކުރީ ރެއަކު ބާއްވައިފައި ދިޔަ ޓީޝާޓަކާ ޖީންސެއް ބަލާ" ކަމަށެވެ.

މިއަހަރު 3ވަނަ ފަހަރަށް ވަނީ މަހުގެ 16ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ކޮށްފައިވާކަން ޔަގީނެއް ނުވެއެވެ. އެ ކުންފުނީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ތުހުމަތު ކުރެއްވީ އެއީ އިދިކޮޅު ފަރާތްތަކުން ކުރި ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ދޮގު ކުރައްވައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަކީ އެފަދަ ކަންކަން ކުރާ ބައެއް ނޫން ކަމަށެވެ.

Ads by Ooredoo
  1. ޜިރަަ

    ތިޔަތަން ފަޅަން އުޅެނީ މޫކޭ ގެ އަގުވައްޓަން. މޫކޭ އަކީ އެއަށް ވުރެ ހިތްތިރި މަޑުމައިތިރި ވެރިއެއް. ކޮންމެ މީހަކު ކޮންމެ ވާހަކައެއް އަބްރުކަތިލަން ދެއްކިޔަސް ބުނާނީ އެއީ އެމީހުނަށް އުޅެން ޖެހިފަ އޮތްގޮތޭ . އަޅާނުލާ ކުރިއަށް ދިޔައީމަ ހުންނާނީ ރަނގަޅަށޭ

  2. އައިންތު

    މޫކޭ އަކީ ވަރަށް އަޚްލާގު ރަނގަޅު ކުއްޖެއް. ޙަޖަމް ނުކުރެވެނީ ބަޔަކަށް އެ ލެވެލް އަށް ނާދެވޭތީ

  3. އުސްމާން

    މޫކޭ ކުރުވާ ކަމެއް. ބޭޒާރު ވެ ނިމިއްޖެ. ލޮލް

    • ޜިރަަ

      ޢުސްމާނު އަކީ ކުށުގެ ރެކޯޑް އޮތް ޔާމިނު އާ އެއްލެވެލްގެ ވަގެއް

    • ޢުސްމާނު ކުރުވިކަމެއް ޔާމިނު ބުނެގެން