ސަރުކާރު

ބްރިޖް މަޝްރޫއަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ރަމްޒެއް: ޝާހިދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
14 ވަނަ އޯއައިސީ ސަމިޓުގައި ރައީސް ޞާލިޙު އަދި މިނިސްޓަރު ޝާހިދު-

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު ވެގެންދާނީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދެމިގެންވާ ރަމްޒެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާލެ, ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖު ވެގެން ދާނީ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އެއާ ގުޅިފައިވާ ޕްރޮޖެކްޓެއް ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދުގެ ޓްވީޓްގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް ޝުކުރު އަދާ ކުރެއްވިއެވެ.

އިންޑިއާ ހިލޭ އެހީ އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ  6.7 ކިލޯ މީޓަރު ދިގު މި ބްރިޖް ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

  1. ލާހި

    ވިލާތުގެ މޮޅު ހިބަރު ވަދު ވެސް ބަޔެއް މީހުންގެ ވަދު ފޮށީގައި ހުރޭ ބޮޑެތި ކަންނެލި ބޮޑެތި ހިބަރު ގޮދާ ވެސް ބޭނޭނެތާ ؟