ޚަބަރު

ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު ނިޔާވެއްޖެއެވެ.

ކޮލަންބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިހާރު ދަނީ ސްރީލަންކާގައި މަރުވި މީހާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލަންކާގައި ކޮވިޑް ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބައެއް ދަނީ ބައްޔަށް ފައްސިވަމުންނެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ދުވަހަކުވެސް 4،000 އާއި 5،000 ދެމެދުގެ އަދަދަކަށް މީހުން އެގައުމުން ބައްޔަށް ފައްސިވަމުންދެއެވެ. އަދި މަރުވާ މީހުންގެ އަދަދުތައް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މާތް ﷲ އެ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!