އެމްއެންޑީއެފްއިން ގޮސް ބެލި އިރު ފެނުނީ މާމުއި ފުޅިތަކެއް

ވެލާނާގޭގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ހިންގާ އޮފީހުން ފެނުނު ގޮތް ނޭނގޭ އެއްޗަކީ މާމުއި ފުޅިތަކެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެ މިނިސްޓްރީން މިއަދު ރިޕޯޓް ކުރުމާއެކު އެއީ ނުރައްކާތެރި އެއްޗެއްތޯ ބަލަން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ވެސް ވަނީ މިއަދު ހަރަކާތްތެރިވެފައެވެ.
އޮންލައިން ނޫސް "އަވަސް" އިން ބުނެފައި ވަނީ އެ މިނިސްޓްރީން ފެނުނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް މީހަކު ފޮނުވައިފައިވާ މާމުއި ފުޅިތަކެއްކަން އެ ނޫހަށް އެނގިފައިވާ ކަމަށެވެ.
ގޮތް ނޭނގޭ އެއްޗެއް ޓޫރިޒަމް މިނިސްޓްރީން ފެނިގެން އެކަން އެމްއެންޑީއެފްގެ ސަމާލު ކަމަށް މިއަދު ދިއުމާއެކު، އެ އިދާރާއިން ވަނީ އޮފީސްތަކަށް ގެންދާ ގޮތް ނޭނގޭ އެއްޗަކާ އެއްވެސް ފަރާތަކުން ހަވާލު ނުވުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
ގޮތް ނޭނގޭ ޕާރުސަލެއް މިއަދު ޓޫރިޒަމް މިނިސްޓްރީއާ ހަވާލު ކުރުމުން، އެމްއެންޑީއެފްއިން އެތަނުގައި ހަރަކާތްތެރިވީ އެ މިނިސްޓްރީން މީހުން ހުސްކޮށްގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ދިވެހި ފިލްމު މާމުއި
ފުލުހުން ފޮނުވިނަމަ ފެނުނީހީ ރިހާކުރު ފުޅިތަކެއް
ދިޔާހަކުރު