ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ބިލްތައް އަންނަނީ އެޖެންޑާ19އާ އެއްގޮތަކަށް ނޫން: ވައްޑެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ސަރުކާރުން ލާމަރުކަޒު ކުރުމަށް މަޖިލީހަށް ފޮނުވާ ބިލުތައް ފޮނުވަނީ އެމްޑީޕީގެ އެޖެންޑާ 19 ސިޔާސަތާ އެއްގޮތަށް ނޫން ކަމަށް، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައަޅައިފައިވާ އިސްލާހަށް ބަހުސް ކުރަައްވަމުން ވައްޑޭ ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރީ ރާއްޖެ ލާމަރުކަޒު ކުރުމަށް ކަމަށެވެ.

ވައްޑޭ ވިދާޅުވީ އެމްޑީޕީގެ މުޅި ސިޔާސަތުގެ ތަސައްވަރަކީ ފުރިހަމަ ލާމަރުކަޒު ނިޒާމެއް އުފެއްދުންކަމަށެވެ. އެހެން ނަމަވެސް މިއަދު ސަރުކާރުން ފޮނުވައިފައިވާ ބިލުން މިނިސްޓްރީއަށް ބާރުތައް ގެނެވިގެންދާ ތަން ފެންނަކަމަށެވެ.

"ޖަޒީރާ ރާއްޖެ ދޭހަކޮށްދިން މުޅި ތަސައްވުރަކީ މުޅި ވިސްނުމަކީ ފުރިހަމަ ލާމަރުކަޒު ނިޒާމެއް އުފެއްދުން. އަޅުގަނޑުމެންނަށް މި ބިލުން ވެސް މި ފެންނަނީ ހަމަ އަނެއްކާ ވެސް މާ ބޮޑަށް މިނިސްޓްރީއަށް ބާރުތައް ގެނެވޭތަން،" މިއަދުގެ ބަހުސްގައި ވައްޑޭ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުން މަޖިލީހަށް ބިލު ފޮނުވާއިރު ފޮނުވަނީ އެޖެންޑާ19އާ އެއްގޮތަށް ނޫން ކަމަށާއި އެއީ ހިތާމަ ކުރާކަމެއްކަމަށެވެ.

ވައްޑޭ ވިދާޅުވީ އެމްޑީޕީގެ އެންމެ އިސްކަމަށްވާން ވާނީ ކެމްޕޭނުގައި ވައުދުވީ ގޮތައް ލާމަރުކަޒު ކުރަންކަމަށާއި ލާމަރުކަޒު ކުރުމުގެ އެންމެ ބޮޑު ހިއްސާ ދާރުންނަކީ ކައުންސިލްތައްކަމަށްވާއިރު މިފަދަ ކަންކަން ނިންމަން ވާނީ ކައުންސިލްތަކުން ވެސް ބޭނުންވާގޮތަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!