ޚަބަރު މުނިފޫހިފިލުވުން ލައިފްސްޓައިލް ލުއި ޚަބަރު

ޗައިނާގެ 18އަހަރުން ދަށުގެ ކުޑަކުދިންނަށް ގޭމް ކުޅެވޭ ވަރު ލިމިޓްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޗައިނާގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އޮންލައިން ގޭމް ކުޅެވޭ މިންވަރު ލިމިޓްކޮށްފިއެވެ.

Ads by STELCO

ރިޕޯޓްތައް ބުނާގޮތުގައި ހަފްތާ ބަންދުގައި ވެސް އެގައުމުގެ 18 އަހަރުން ދަށުގެ ކުދިންނަށް ގޭމް ކުޅެވޭނީ އެންމެ 3 ގަޑިއިރުއެވެ. މީގެ އިތުރުން ހަފްތާގެ އެހެން ދުވަސްތަކުގައި މި އުމުރުގެ ކުދިންނަށް އެއްވެސް ވަރަކަށް އޮންލައިން ގޭމްތަކެއް ނުކުޅެވޭނެއެވެ.

މިހަފްތާއިން ފެށިގެން ޗައިނާގައި އަމަލުކުރަން ފަށާފައިވާ މިގަވާއިދުގެ ދަށުން ކުޑަކުދިންނަށް ހުކުރު ދުވަހު އޮންލައިން ގޭމް ކުޅެވޭނީ ރޭގަނޑު 8އިން 9އަށެވެ. ޒިންހުވާ ނިއުސްގައި މިދިޔަ ހޯމަދުވަހު ބުނެފައިވާ ގޮތުގައި ޗައިނާގައި 2019 ވަނަ އަހަރު ހަދައިފައިވާ ގަވާއިދަށް ވުރެ ހަރުކަށިކޮށް ހަދައިފައިވާ މި ގަވާއިދަކީ ޒުވާނުން ވީޑިއޯ ގޭމަށް ދެވިހިފުން ކުޑަ ކުުރުމަށް ހަދައިފައިވާ ގަވާއިދެކެވެ. 2019ވަނަ އަހަރު ޗައިނާގައި ހެދި މިފަދަ ގަވާއިދުގައި ހަފްތާގެ ދުވަސްތަކުގައި ކުޑަކުދިންނަށް އޮންލައިން ގޭމް ކުޅެވޭނީ 90 މިނެޓުއެވެ. އަދި ހަފްތާ ބަންދުގައި 3 ގަޑިއިރު ގޭމު ކުޅުމުގެ ހުއްދަ ލިބެއެވެ.

އޮފިޝަލުން ބުނާގޮތުގައި ގަވާއިދު ހަރުކަށިކޮށްފައި މިވަނީ ސުކޫލުގެ ކިޔެވުން ފެށުމާ އެކުގައި ކަމަށްވުމުން ގަވާއިދު ތަންފީޒު ކުރަން އާއްމުންނަށް ފަސޭހަ ވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. މިގަވާއިދުގެ ސަބަބުން ދުޅަހެޔޮ މުޖުތަމައުއެއް ބިނާވެގެން ދާނެކަމަށް ވެސް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!