ޚަބަރު ސިޔާސީ

ސައީދު އިމްރާނަށް: ތި ކުރައްވަނީ އަމިއްލަފުޅަށް ފާޑުކިޔާ މަލާމާތް ކުރި ކަންކަން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
{"subsource":"done_button","uid":"1FBD9F78-4684-43D2-9395-0B6C84A646AD_1630477019053","source":"editor","origin":"gallery","is_remix":false,"used_sources":"{"version":1,"sources":[]}","source_sid":"1FBD9F78-4684-43D2-9395-0B6C84A646AD_1630477019081","premium_sources":[],"fte_sources":[]}

ހޯމް މިނިސްޓަރ އިމްރާން މިހާރު އެ ތަކުރާރު ކުރައްވަނީ ކުރިން އެމަނިކުފާނު ފާޑު ކިޔުއްވައި މަލާމާތް ކުރި ކަންކަން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ އިމްރާން ރަށަކަށް ކުރެއްވި ޒިޔާރަތެއްގެ ފޮޓޯއާ އެކު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއައްސަސާ ރަނގަޅު ކުރެވޭނީ ޒުވާން، އިލްމީ އަދި މިޒަމާނުގެ ސޮފްޓްވެއަރގައި ކަންކަން ރަނގަޅު ކުރަން އުޅުމުން ކަމަށެވެ.

"އަމިއްލަފުޅަށް ފާޑުކިޔައި މަލާމާތް ކުރި އެތައްކަމެއް ތަކުރާރު ތި ކުރައްވަނީ . މުއައްސަސާ ރަނގަޅު ކުރެވޭނީ ޒުވާން އިލްމީ އަދި މިޒަމާނުގެ ސޮފްޓްވެއާގައި ކަންކަން ރަނގަޅު ކުރަން އުޅުމުން" ސައީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ފާޑު ވިދާޅުވެ މަލާމާތް ކުރެއްވި ކަންކަން ތަކުރާރު ކުރައްވަމުން ގެންދަވާކަމަށް ސައީދު ވިދާޅުވި ނަމަވެސް އެއީ ކޮން ކަންކަމެއްކަން ވިދާޅުވެފައެއް ނުވެއެވެ. އަދި އެއީ ކޮންކަމަކާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްކަމެއް ވެސް ސީދާ ވިދާޅުވެފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެއީ ހޯމް މިނިސްޓަރ މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ކަންކަމާ ގުޅޭ ގޮތުން ކުރައްވައިފައިވާ ޓްވީޓެކެވެ.

މިނިސްޓަރ އިމްރާން މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.މާފަރު ޕޮލިސްޓޭޝަން ހުޅުވައިދެއްވައިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!