ސިޔާސީ

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ ރައީސަކަށް އަނަސް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެމްޑީޕީ ގެ ކުރީގެ އެސްޖީ އަނަސް/

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ފަނޑިޔާރުންގެ އިސްތިއުނާފް ފަނޑިޔާރުންގެ ރައީސަކަށް މާލޭގެ މޭޔަރުކަމަށް އެމްޑީޕީއިން ވާދަކުރެއްވި އަލްއުސްތާޛް އަނަސް އަބްދުއްސައްތާރު ހޮވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ތެރެއިން ޖުމްލަ 18 މެންބަރުން ވާދަކުރިއެވެ. އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެން ވަނީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށެވެ. މި އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ރައީސް ޞާލިޙް ތާޢީދު ކުރެއްވި ކެނޑިޑޭޓުންނެވެ.

އެމްޑީޕީއިން މިއަދު ވިދާޅުވީ، އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް އަލަށް ހޮވުނު މެންބަރުންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމައި އަނަސް އެ މަޖިލީހުގެ ރައީސްއަކަށް އަނަސް އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިމަޤާމަށް އިންތިޚާބުކޮށްފައި ވަނީ، އިންތިޚާބު ކުރުމަށް ބޭއްވި ބޭއްވި ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތް 7 މެންބަރުންގެ ތެރެއިން 6 މެންބަރުންގެ ވޯޓުންނެވެ.

އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހޮވުނު މެންބަރުންނަކީ؛ އަޙްމަދު ރިޝްވާން، ފާތުމަތު އިނާޝާ، ހުސައިން ރަޝީދު، އިބްރާހީމް މުހައްމަދު ދީދީ، އަހުމަދު މައުރޫފް ، ނައުޝާދު އަބްދުލްއަޒީޒް، އަހުމަދު ނިޝާދް. އާދަމް އާހިދު އަދި އަނަސް އަބްދުއްސައްތާރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!