ހަމަލާ ދިނީ މީކައިލްގެ މަންމައަށް، ތުހުމަތު ކުރަނީ ހަމަލާ ދިން މީހާ ހުރީ މަސްތުވެފައި ކަަމަށް!

ވެރިކަން ކުރާ އެމްޑީޕީ ތެރޭގައި މިއަދު ހިނގި މާރާމާރީގައި، އަނިޔާވެގެން ފަރުވާ ދިނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)އަށްކަން ހާމަވެއްޖެއެވެ.
މި ހަމަލާއާ ގުޅިގެން މީކައިލް ވިދާޅުވީ މާރާމާރީ ހިންގައިފައި ވަނީ މަސްތުވެގެން ހުރި މީހެއް ކަމަށެވެ.
މިއަދު މެންދުރު 12:30 ހާއިރު އެމްޑީޕީ އޮފީސް ތެރޭގައި ހިނގި މި މާރާމާރީގެ ތެރޭގައި، މަންދީގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އެކަމާ ގުޅިގެން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ދީފައެވެ.
މެންބަރު މީކައިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހަމަލާއަކީ ސީދާ އޭނާގެ މަންމައަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ސިޔާސީ ހަމަނުޖެހުމެއްގެ ސަބަބުން ހިނގިކަމެއް ވެސް ނޫން ކަމަށެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ހިނގި ހަމަލާއާ ގުޅިގެން އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރި މީހުން ހައްޔަރު ކުރުމަށެވެ.
ހަމަލަ ދިނީ އަންނިގެ ސިއްރު އެކުވެރިއެއް.ނަން ނުބުނާތި.
ހީވަނީހިންދީފިލްމެއްގެތަންކޮޅެޢްހެން