ޚަބަރު ސަރުކާރު

ކުންފުނީގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަންގު

ކުންފުނީގެ ބިލުގެ ދެލިކޮޕީ އެކުލަވާލައި އެބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ހުޅުވައިލައިފިއެވެ.

Ads by STELCO

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ވިޔަފާރިތަކަށް ފަހި މާޙައުލެއް އޮތް ޤައުމުތަކުގެ ރޭންކިންގގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތައިލުމަށް ޓަކައި 'ކުންފުނީގެ ބިލް' ގެ ދެލިކޮޕީ އެކުލަވައިލައި މި ބިލަށް އާންމުންގެ ޚިޔާލަށް ހުޅުވައިލާފައިވާކަމަށެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ޓަކައި، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 ގައި ހިމަނައިފައިވާ މުހިއްމު ސިޔާސަތުތަކުގެ ތެރެއިން، ތިޖާރީ މުޢާމަލާތްތަކަށް އެކަށޭނަ ޤާނޫނީ އޮނިގަނޑެއް ތަޢާރަފުކޮށް، ވަރލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި، ވިޔަފާރިތަކަށް ފަހި މާޙައުލެއް އޮތް ޤައުމުތަކުގެ ރޭންކިންގގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލުމަށް ޓަކައި 'ކުންފުނީގެ ބިލް'ގެ ދެލިކޮޕީ އެކުލަވާލައި މި ބިލަށް އާންމުންގެ ޚިޔާލަށް ހުޅުވައިލާފައިވާނެއެވެ." އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގަައި ވިދާޅުވެފައިއެވެ.

އެއިއުލާނުގައި އިތުރަށް ވިދާޅުވީ މިބިލަށް ހިޔާލު ހުށައަޅަށް ހުޅުވައިލައިފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އަދި ޚިޔާލު ފޮނުވާނީ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލެއްގެ ގޮތުގައިކަމަށް ވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!