ހަނީ ސިންގގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން އޭނާއަށް އަނގައިފި
އިންޑިޔާގެ މަޝްހޫރު ރެޕަރ ޔޯޔޯ ހަނީ ސިންގއާ ދެކޮޅަށް އޭނާގެ އަނބިމީހާ ހުށައަޅައިފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ އަޑު އެހުމަށް އޭނާ ހާޒިރު ވުމަށް ކޯޓުން އަންގައިފިއެވެ
އިންޑިޔާގެ ނޫސްތައް ބުނާ ގޮތުގައި މިއަދު ބާއްވާ މިއަޑު އެހުމަށް ޔޯޔޯ ހަނީ ސިންގއަށް އަންގައިފައި ވަނީ ދިއްލީގެ ތިސް ހަޒަރީ ކޯޓުންނެވެ.
ޔޯޔޯ ހަނީ ސިންގގެ އަނބިމީހާ ޝާލިނި ތަލްވާރު ކޯޓަށް ހުށައަޅައިފައިވާ މިމައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމަށް ވެސް ޔޯޔޯ ހަނީ ސިންގ ވަނީ ހާޒިރުނުވެފައެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވިގޮތުގައި އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުރެވޭނޭ މީހެއް ނޫން ކަމަށާއި މިކޭސް އެހާ ލުއިކޮށް ނެގުމަކީ ހައިރާންވާ ކަމެކެވެ.
ހަނީ ސިންގއާ ދެކޮޅަށް އޭނާގެ އަންހެނުން ކުރި ތުހުމަތުތަކުގެ ތެރޭގައި ގެވެށި އަނިޔާ، ޖިންސީ އަނިޔާ، ނަފްސާނީ އަނިޔާ އަދި ފައިސާއާ ގުޅުން ހުރި މައްސަލަތައް ހިމެނެއެވެ. އަދި މިމައްސަލަތައް ޝާލިނީ ވަނީ ފުލުހުންނަށް ވެސް ހުށައަޅައިފައެވެ. އަދި މިކަމާ ގުޅިގެން ޝާލިނީ ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން ދިއްލީގެ ތިސް ހަޒަރީ ކޯޓަށް ވެސް މައްސަލަ ހުށައަޅައިފައެވެ.
ޔޯޔޯ ހަނީ ސިންގގެ އަނބިމީހާގެ ގޮތުގައި ޝާލިނީ އާއްމުނަށް ތައާރަފްކޮށްދީފައި ވަނީ 2014ވަނަ އަހަރުގެ ތެރޭގަ އިންޑިޔާސް ރޯ ސްޓާ ރިއަލިޓީ ޝޯގެ ތެރެއިންނެވެ. އޭގެ ފަހުން ޝާލިނީގެ އިންސްޓަރގްރާމް ހޭންޑްލްގައި ހަނީ ސިންގއާ އެކު އުފާވެރި ފޮޓޯތަކެއް ހިއްސާކޮށްފައިވީ ނަމަވެސް މި ފަހުން އޭނާ ކޮށްފައިވާ ފޯސްޓްތަކުން ކަންކަން ރަނގަޅު ނޫންކަންް ދޭހަވާކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.