ސަރުކާރު

އެމެރިކާގެ އަސްކަރިއްޔާއިން ދިވެހި 36 ސިފައިން ތަމްރީނު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ލެންޓާން މެޓަލް" ނަމަކަށް ކިޔައި އެކްސަސައިޒްގައި އެމެރިކާގެ އަސްކަރިއްޔާއިން އެމްއެންޑީއެފްގެ 36 ސިފައިން ތަމްރީނު ކޮށްފިއެވެ.

Ads by STELCO

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސާސައިޒް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައި ވަނީ އިއްޔެއެވެ. އެއީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އެކްސާސައިޒް ލެންޓާން މެޓަލްއަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ ހެއްކެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!