ސިޔާސީ

ޕީޕީއެމްގެ ޖަލްސާތަކުގައި އަވައްޓެރި ޤައުމުތަަކަށް ކުޑަމީސް ބަސްތަކުން ވާހަކަ ދައްކާކަމީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އިދިކޮޅު ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވައްޓެރި ޤައުމުތަަކަށް ކުޑަމީސް ބަސްތަކުން ވާހަކަ ދައްކާކަމީ ކަންބޮޑުވާ ކަމެއް ކަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަ ނީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ޤައުމުތަަކަށް ކުޑަމީސް ބަސްތަކުން ވާހަކަ ދައްކާކަމީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.

"އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީވާ ޤައުމު. އަދި އިންޑިއާ ކަނޑުގެ ސުލްޙަ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް ކުޅޭ ޤައުމު" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، "އައްޑަނަ" ނަމުގައި ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުން އިންޑިއާއާ ދެކޮޅަށް ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެންނެވެ.

ރޭގެ ޖަލްސާގައި ، އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަގު ހަދާ މީހުންގެ ނަމުގައްޔާއި ބްރިޖް އަޅާ މީހުންގެ ނަމުގައި ރާއްޖެ އަންނަ މީހުންނަކީ އާދައިގެ މީހުން ނޫން ކަމަށާއި މިއަދު އެމީހުން އައިސް ރާއްޖޭގައި ކުރާ ކަންކަމުގެ ނަތީޖާ ފެންނާނީ އަދި މާފަހުން ކަމަށާއި އެމީހުންނާ މެދު ދިވެހި ރައްޔިތުން ފާރަވެރިވެ، ސަމާލުވުމަށެވެ.

Ads by Ooredoo
  1. ރާއަލިފް

    ކުޑަމީސް ބަސްތަކޭ! އެހެންތޯ؟ ހެހެހެ @އިންޑިއަ އައުޓު @ސަންޖޭމުދީރު އައުޓޫ @ކައެ އައުޓު

    • ކެކެކެ

      އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް. އިންޑިއާ އައުޓް.
      މައިބަދައަށް ގުޑުމެއް އެރިތަ މިވަރުން!

  2. ާއަލޟް

    ރ.ނަޝީދު.އެމްމެފަހަރަކުނަމަވެސް ގައުމީނަޒަރަކުން އެއޗެކޭ ވިދާޅުވުން ކީއތޯވާނީ. ތާއަބަދަށް އަމިއްލައެދުމާއިގެން އުޅުއްވުންރަނގަޅެއްނުވާނެ .
    އަވަށޓެރި ލަންކާވެސް އެބައޮތެއްނޫންތޯ؟ މީހަކުއެއްޗެކޭކިޔާތޯ؟ވީމާ ވިސްނަވާލައްވަންވީ ކީއްވެތޯ ދިވެހީންގެ ގިނަ ބަޔަކުމިހާރަކައއައިސް އިނޑިއާއޭ ކިޔައިގެންވާހަކަ މިދައްކަނީ.

  3. ކިނބޫ

    އެބުނާހެން ޕީޕީއެމްގެ ޖަލްސާތަކުގައި އަވައްޓެރި ޤައުމުތަަކަށް ކުޑަމީސް ބަސްތަކުން ވާހަކަ ދައްކައިގެން ނުވާނެނު. އެމްޑީޕީ ޖަލްސާތަކުގައެއްނު އެބާވަތުގެ ވާހަކަ ދައްކާނީ.

  4. އޭނަ

    ކުޑައިމީސް ބަހޭ!!! ލަދުކުޑަ..އިސްލާމްދީނަށް ކަލޭ ކުރި ކުޑައިމީސް ކުޑައީތަ! ބޯގޯސް!! ދެން އަހަރެމެންނަށް ކަލޭ ތީ ކާކު!