އެމެރިކާއަށް ބަދަލުވާ އަފްގާން ކޮންމެ ރައްޔިތަކަށް ބޮޑު އެހީއެއް!
ތާލިބާނުން ވެރިކަން ކުރަމުން އަންނަ އަފްގާނިސްތާނުން އެމެރިކާއަށް ހިޖުރަ ކުރާ އަފްގާންގެ ކޮންމެ ރައްޔިތަކަށް ބޮޑު މާލީ އެހީއެއް ދޭން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި "ދަ ބައިޑެން އެޑްމިިނިސްޓްރޭޝަން"އާއި އަދިވެސް 200އަށް ވުރެ ގިނަ ޕްރައިވެޓް އެޖެންސީ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދަނީ އަފްގާނިސްތާނުން އެެމެރިކާއަށް ހިޖުރަ ކުރާ މީހުންނަށް އެމެރިކާގައި ފަސޭހަ ކަމާއެކު ވަޒަންވެރިވެވޭ ގޮތް ހަދައި ދިނުމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއިން ބުނާގޮތުގައި މިހާރު ރާވާފައިވާގޮތުން އަފްގާންއިން އެމެރިކާއަށް ހިޖުރަ ކުރާ ކޮންމެ ރައްޔިތަކަށް 2،275 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ އެގައުމުގައި ވަޒަންވެރިވެ ހަމަޖެހިލުމަށާއި ގެދޮރާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމުގެ އިތުރުން ދަރިން ސުކޫލުތަކަށް ވެއްދުމަށް ދޭ އެހީއެކެވެ،
"މިއީ ވިޔަފާރިއެއް ނޫން. އަހަރުމެން އަދި ތައްޔާރެއް ވެސް ނޫން. މީގެ ކުރިން މިފަދަ ކަމެއްކޮށްފައި ނެތީމަ. އެކަމަކު އަހަރުމެން ތައްޔާރު ވާނަން. ކަންކަން ރަނގަޅު ނުވިޔަސް އެންމެ ރަނގަޅު. ސަބަބަކީ މިއީ އިމަޖެންސީ ހާލަތަކަށްވީމަ" އެމެރިކާގެ އިންޓަގްރޭޓެޑް ރެފިއުޖީ އެންޑް އިމިގްރޭންޓް ސާވިސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކްރިސް ޖޯޖް ބުންޏެވެ.
އެމެރިކާގެ ސަރުކާރުން މިދޭން ފެށި އެހީއާާ އެކު އެގައުމަށް މަދުވެގެން އަފްގާންގެ 50،000 ރައްޔިތުން އެތެރެވާނެކަމަށް ބެލެވެއެވެ. މި މީހުން އަންނާނީ ހިއުމެނިޓޭރިއަން ޕެރޯލްގެ ދަށުންނެވެ.
ތާލިބާނުން ފަސޭހަކަމާ އެކު އަފްގާންގެ ވެރިކަން ފުރޮޅައިލައި ވެރިކަން ހޯދިފަހުން އެގައުމެ އެތެރޭގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުން ދަނީ ތާލިބާނުންނަށް އެހީތަައް ފޯރުކޮށްދެމުންނެވެ.
އެމެރިކާޔަށް އަފްޣާނިސްތާނުގައި ލިބުނު ލަޑާ ދެރަޔާ މާލާމާތުން ސަލާމަތް ވުމަށް ގަންނަ ގަނޑެއްތީ. އެމެރިކާމީހުންނަކި ދުވަހަކުވެސް މުސްލިމަކަށް ހެވެއްއެދޭނޭ ބަޔެއްނޫން. ޚާއްޞަކޮށް އެމެރިކާ ސަރުކާރުން އެއޮންނަނީ ރަސްމީކޮށް އިސްލާމްދީން ދުނިޔެއިން ފޮހުލުމުގެ ބޭނުމުގައި ފައިސާޚާރަދުކުރާނޭ އެތަށްބައިވަރު އޭޖެންސީ ތަކެއް އުފައްދާފަ. އެހެންވީމާ އެމެރިކާޔަށް މިފަހަރު މިލިބުނު ބޮޑި ދުނިޔެއަށް އެނގިދާނެތީ ހަވަހަޑި ތިޔައީ. އެހެންނޫންނަމަ މުސްލިމަކަސް ހެޔޮހިތުން ބައިޑޮލަރވެސް އެމެރިކާޔަކުން ނުދޭނެ. ދިނަސް ދީފަ ހުންނާނީ ބައިޑޮލަރަށް ދިހަ ޑޮލަރު ކޮންމެސް އަދުނެއްއަޅުވާފަނަމަވެސް ދަމައިގަނެވޭނެގޮތަކަށް