ރައްޔިތުން ތިބީ ދަންޖެހިގެން މަރުވާ ހިސާބުގައި، ވެރިކަން ކުރުމުގެ ނަމުގައި ކުރަނީ ފުރައްސާރަ: ބޮންޑެ
މިއަދު ވެރިކަން ކުރުމުގެ ނަމުގައި ސަރުކާރުން ރައްޔިތުންނަށް ކުރަނީ ފުރައްސާރަ ކަމަށާއި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުން އެމްޑީޕީގެ ޤައުމީ މަޖިލީހަށް ވާދަ ކުރައްވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، މިއީ ޑިމޮކްރަސީ ހިޞާރު ކުރުމުގެ އަމަލެއް ކަމަށާއި ރައްޔިތުން މިފަދަ މީހުންނަށް ވޯޓް ނުދިނުމަށް އެދޭ ކަމަށެވެ. އަދި ޤައުމީ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުންފުނިތަކުގެ ވެރިން މަސައްކަތް ކުރައްވަމުން ގެންދަވާ ވަރަށް ބޮންޑެ ތުހުމަތު ކުރެއްވިއެވެ.
"ޤައުމީ މަޖިލީހަށް ކުރިމަތިލާން ހުށަހެޅުމުން ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ކުރިމަތިލައިގެން، މިއީ ކޮން ސަކަރާތެއްތޯ؟ އަދި ޤައުމީ މަޖިލީހަށް ކުރިމަތިލައިގެން، ސަރުކާރުގެ ކުންފުނިތަކުން، ވޯޓް ނުދޭނެހެން ހީވާ ކުއްޖާ އަވަހަށް ގެންގޮސް ކުންފުންޏަކުން ވަޒީފާ ދީފަ އޭނަ އަތުން ވޯޓު ހޯދަނީ. މިއީ ކޮންކަހަލަ ކަމެއްތޯ. މިއީ ސަރުކާރު ހިންގަނީތޯ، މިއީ ރައްޔިތުންނަށް ކުރާ ފުރައްސާރައެއް ނޫންތޯ" ބޮންޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާލޭ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް ފާޑު ވިދާޅުވަމުން ބޮންޑެ ވިދާޅުވީ، މަޤާމުތަކަށްލަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށާއި މިހާރު ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ނުކޮށް ރައްޔިތުންގެ ކުރިމައްޗަށް އަރަން ލަދުގަންނަން ޖެހޭނެ ކަމަށެވެ. މިގޮތުން މިސަރުކާރުގެ ވައުދެއް ކަމަށްވާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެން، ފަށައިފައިވާ "ވެށިފަހި" ޕްރޮގްރާމާ ގުޅޭ ގޮތުން އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. މިގޮތުން މާލޭގެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށާއި އެ ޕްރޮޖެކްޓް ނުފެށި އޮތް ސަބަބު ހޯއްދަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ، ސަރުކާރުން ވަރަށް ބައިވަރު ބޭކާރު ޚަރަދު ކުރާ ކަމަށާއި މިގޮތުން ސްޓޭޓްތައް ބެހިފައި ނެތް ޤައުމެއްގައި ސްޓޭޓް މިނިސްޓަރުން ނެގުމާއި އެންބަސީތަކަށް ގިނަ ބަޔަކު ފޮނުވުމަކީ ބޭކާރު ޚަރަދެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.
"މާލެ އަތޮޅަކީ އުފެއްދުންތެރިކަން ގިނަ، ރިސޯޓުތައް ވެސް ގިނަ، ދައުލަތަށް ފައިސާ ލިބޭ އަތޮޅެއް. އެކަމަކު އޭގެން އެއްވެސް ރަހައެއް ރައްޔިތަކަށް ނުކުރޭ. ހަމަ ސަރުކާރު ބޮޑު ކުރުން ނޫން ކަމެއް ނުކުރޭ. އެބަތިބި ސްޓޭޓް މިނިސްޓަރުން، ކޮން ސްޓޭޓެއްތޯ، ރާއްޖޭގައި އެބަ އޮވޭތޯ ސްޓޭޓެއް." ބޮންޑެ ވިދާޅުވީ އެންބަސީތައް ހަދަނީ ވެސް ވޯޓް ހޯދުމުގެ މަޤްސަދުގައި ކަމަށެވެ.
"ދުނިޔޭގައި ހުރިއްޔާ ހުރި ޤައުމެއްގައި އެންބަސީ ހަދައިފި. އެންބަސީ ހަދާ އެންބެސަޑަރުން ފޮނުވަނީ ރައްޔިތުންނަށް ޓަކައި، އެކަމަކު ސިޔާސީ ނުފޫޒެއް ފޯރުވަން އޭނަގެ އަތުން ވޯޓު ލިބިދާނެތީ، މިބުނަނީ މިއާއިލާގެ ވޯޓް ލިބޭނެ. ވަރަށް ބޮޑު އިސްރާފެއް."
ބޮންޑެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ސަރުކާރުން މިފަދަ ކަންކަމަށް ފައިސާ ބޭކާރު ކުރުމުގެ ބަދަލުގައި އެ ފައިސާއިން ރައްޔިތުންނަށް ގެދޮރު އަޅާދީ، ބޯހިޔާވެރިކަން ފޯރުކޮށްދީ، ބިން ހިއްކާ މިފަދަ ކަންތައްތައް ކޮށްދެވޭނެ ކަމަށެވެ. އަދި މިއަދު ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށާއި އެހެން ޤައުމެއްގައި ނަމަ ދަންޖެހި މަރުވާ ހިސާބުގައި ކަމަށެވެ.
"ބަލި މަޑުކަމުގެ ތެރޭގައި ވެސް އެތައް ހާސް ބައެއް ނަފްސާނީ ބަލިވި، ކީއްވެގެންތޯ؟ އަޅާނުލީމަ، ވަންނާނެ ތަނެއް ނެތީމަ. ގިނަ ރައްޔިތުންނަކީ އުންމީދެއް ނެތް ރައްޔިތުން. ކެތްތެރިވެގެން ތިބޭތީވެ ތިބެނީ، އެހެން ޤައުމެއްގައި ނަމަ ދަން ޖެހިގެން މަރުވާ ހިސާބުގައި ތިބި ބައެއް މިއީ. އިންޑިއާ ތަންތާންގައި ނަމަ..ދިވެހިންނަކީ ވަރަށް ކެތްތެރި ބައެއް. އެހާ ހާލުގައި އުޅެނީ މާލޭގައި ތޮއްޖެހިގެން" ބޮންޑެ ވިދާޅުވިއެވެ.
އާތީތެދެއް އަނީގެވެރިކަމުގާ
މިގައުމުއޮއްޤޮތުގެވާހަކަ ތިބުނަނީ ތިހުރިހާކަމަކިކީ ނަސީދުވެރިކަމަނުގެނިވިގެ ގޮވާގޮވެލިފަތި
ހަމަރަނގަޅަށްވެސް ބޮންޑެ ތިބުނީ ރަނގަޅު ވާހަކައެއް، އެއްވެސް އުންމީދެއްނެތި އުޅެންމިޖެހެނީ، ޤައުމުގެ ރައްޔިތުން އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުވެފަތިބީމަ ﷲ އަށް ވަކީލުކޮށްލައިގެން ކެތްތެރިކަމާއެކު ތިބެނީ