ޚަބަރު

ކުރެއްދޫ ރިސޯޓުގައި ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އިންޑިއާ ފަތުރުވެރިއެކެވެ. އޭނާ މަރުވީ މޫދަށް އެރުން މަނާ ސަރަހައްދަކަށް މޫދަށް އެރި އުޅެނިކޮށް ކަމަަށް ވެސް އެނގިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުރެއްދޫ ރިސޯޓުގެ އުމުރުން 40އަހަރުގެ އިންޑިއާ ފިރިހެން ފަތުރުވެރިއަކު ހަރަކާތެއް ނެތިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:40 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލަށް އެމީހާގެ ހަށިގަނޑު ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!