އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލަން އެކުލަވައިލި ކޮމިޓީގެ މަސައްކަތް ފަށައިފި

ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވައިލައި، އެ ކޮމެޓީގެ މަސައްކަތް ފަށައިފިއެވެ.
މި ކޮމެޓީ އެކުލަވައިލައިފައި ވަނީ ކޮންމެ ގްރޭޑަކަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭ ގޮތަށް ކަމަށާއި މި ޓީމް ތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުން ވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވައިލާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އެޑިއުކޭޝަނުން މި މަސައްކަތް ފަށައިފައި ވަނީ އިސްލާމް އަދި ޤުރްއާން ފޮތުގައި ހުރި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައި ވުމާ ގުޅިގެން، އެކަން އިސްލާހު ކުރުމަށެވެ.